ނެހާ ކައްކަރު

ނޭހާ ކައްކަރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ނޭހާ ކައްކަރު ރާއްޖެ އައިސް ސީޕްލޭނަށް އަރަނީ
0%
0%
0%

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން ނޭހާ ރާއްޖެ އައީ އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގު އާއި މައިންބަފައިންނާއި އަދި އާއިލާގެ އެހެން ބައެއް ބޭފުޅުންނާވެސް އެކު އެވެ.

ނޭހާ ޗުއްޓީ ހޭދަކުރަމުންދަނީ ނ. އަތޮޅުގައި ހިންގަމުން ގެންދާ ސަން ސިޔާމް އިރުފުށި ރިސޯޓްގަ އެވެ.

ނޭހާ ކައްކަރު އަދި އާއިލާ ރާއްޖެ އައިސް ސީޕްލޭންގެ ކުރިމަތީގައި މަޑުކޮށްލައިގެން

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ނޭހާ ގެންދަނީ އިންސްޓަގްރާމުގައި މިދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުންނެވެ.

އިންޑިއަން އައިޑޮލްއަށް އާންމުންނަށް ފާހަގަވި ނޭހާ އަކީ މިހާރު އިންޑިއާގައި އެންމެ ނުފޫޒު ގަދަ އެއް ލަވަކިޔުންތެރިޔާ އެވެ.

އިންޑިއަން އައިޑޮލްގައި ފަނޑިޔާރުކަންވެސް ކޮށްފައިވާ ނޭހާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ރީތި ލަވަތަކެއްވެސް ކިޔާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910