ސައިފް އަލީ ޚާން

ރޯނިތު ރޯއީގެ ކުންފުނިން ސައިފްގެ ސެކިއުރިޓީއާ ހަވާލުވެއްޖެ

ސައިފް އަލީ ހާން
0%
0%
0%

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީހާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެކްޓަރު ރޯނިތު ރޯއީގެ އަމިއްލަ ސެކިއުރިޓީ ފާމް އައްޔަންކޮށްފި އެވެ.

ސައިފްގެ ގެއަށް ވައްކަން ކުރަން ވަތް މީހަކު ސައިފްއަށް ހަމަލާދިނީ މިދިޔަ ހަފްތާ ގައެވެ.

މި ހާދިސާގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލްގައި ސައިފްގެ އޮޕަރޭޝަންތަކެއްވެސް ވަނީކޮށްފަ އެވެ.

ފަރުވާއަށްފަހު ސައިފް މިހާރު ގެއަށް ދޫކޮށްލާފައިވާއިރު އޭނާގެ ސެކިއުރިޓީ ބަލަހައްޓަނީ މުމްބާއީ ފުލުހުންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސައިފްގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ރޯނިތުުގެ އޭސް ސެކިއުރިޓީ އެންޑް ޕްރޮޓެކްޝަން އެޖެންސީ ވަނީ ހަމަޖައްސާފަ އެވެ.

ރޯނިތުގެ ސެކިއުރިޓީ ކުންފުނިން ދަނީ އަމިތާބް ބައްޗަން އާއި ޝާހްރުކް ހާންގެ އިތުރުން އާމިރް ހާން އާއި ސަލްމާން ހާންގެ ސެކިއުރިޓީވެސް ބަލަހައްޓަމުންނެވެ.

ސައިފްއަށް ހަމަލާ ދިނީ ބަންގްލަދޭޝްގެ މީހެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910