ކަޕިލް ޝަރުމާ

ކަޕިލްއަށް މަރުގެ އިންޒާރު ދީފި

ކަޕިލް ޝަރުމާ
0%
0%
0%

މަޝްހޫރު ކޮމެޑީ ތަރި އަދި ޓީވީ ހޯސްޓް ކަޕިލް ޝަރުމާއަށް މަރުގެ އިންޒާރު ދީފި އެވެ.

ކަޕިލް ޝަރުމާއަށް މަރުގެ އިންޒާރު ދިނީ އީމެއިލް މެދުވެރިކޮށެވެ. މި މައްސަލަ އިންޑިއާގެ ފުލުހުންނަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.

އިންޑިއާގެ ފުލުހުން ބުނާ ގޮތުން ކަޕިލްއަށް މަރުގެ އިންޒާރު ދިން މެސެޖު ފޮނުވާފައިވަނީ ޕާކިސްތާނުންނެވެ.

މި މައްސަލަ އިންޑިއާގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ބައެއް ފަންނާނުންނަށް މަރުގެ އިންޒާރުގެ އީމެއިލް ލިބުނެވެ. މީގެތެރޭގައި ރާޖްޕަލް ޔާދާވް އާއި ކޮމޭޑިއަން ސުގަންދާ މިޝްރާގެ އިތުރުން ރެމޯ ޑިސޫޒާ ހިމެނެ އެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުން ކަޕިލްއަށް ލިބުނު އިންޒާރުގެ މެސެޖުގައި ކަޕިލްގެ "އެންމެފަހުގެ ހަރަކާތްތައް" ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.

ބިޝްނޫގެ ނަމުގައި ފޮނުވި މި އީމެއިލްގައި އަށް ގަޑިއިރުގެ ތެރޭގައި ޖަވާބު ނުދީފިނަމަ އޭގެ ނަތީޖާ ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910