ޕްރިޔާންކާ ޗޯޕްރާ

ޕްރިޔަންކާ އެނބުރި އިންޑިއާގެ ސިނަމާއަށް

ޕްރިޔަންކާ ޗޯޕްރާ
0%
0%
0%

އިންޑިއާގެ ސިނަމާއަށް އެނބުރި އަންނަން އުޅޭކަމުގެ އިޝާރާތެއް ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ދީފި އެވެ.

މުނިފޫހިފިލުވުމުގެ އޮންލައިން ޕްލެޓްފޯމްތަކާއި ސިނަމާތަކުގެ ބަހުސްގައި ޕްރިޔަންކާ ބުނީ ސިނަމާގައި ފިލްމެއް ބަލާލުމުގެ ޝައުގުވެރިކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.

އޮންލައިން ޕްލެޓްފޯމްތަކާއެކު މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބެއް ގެނެސް ދިން ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ސިނަމާގައި ފިލްމު ބެލުމަކީ ފަނޑުނުވާނެ ފަދަ ޖާދޫއެއް ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.

މިއާއެކު އިންޑިއާގެ ސިނަމާއަށް އެނބުރި އަންނަން އުޅޭ ކަމުގެ އިޝާރާތެއް ޕްރިޔަންކާ ދިން ނަމަވެސް އޭގެ ތަފުސީލެއް އޭނާ ދީފައެއް ނުވެ އެވެ.

އިންޑިއާއަށް ނިސްބަތްވާ ޕްރިޔަންކާ މިހާރު ބޮޑަށް މަސައްކަތް ކުރަނީ ހޮލީވުޑްގެ ޕްރޮޖެކްތަކުގައެވެ.

އޭނާ މިހާރު ތައްޔާރުވަމުން ދަނީ އިންޓަނޭޝަނަލް ސީރީޒް ސިޓަޑެލްގެ ކުރިއަށް އޮތް ސީޒަނަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910