ފިނިޕޭޖް

ޕްރިޔަންކާގެ ރޯލެއް ކުޅެން އަނުޝްކާ ދެކޮޅު ހަދައިފި

ޕްރިޔަންކާ ޗޯޕްރާ، އަނުޝްކާ ޝަރުމާ އަދި ފަރުހާން އަޚްތަރް -- ފޮޓޯ: ބޮލީވުޑް ހަންގާމާ
0%
0%
0%

ފަރްހާން އަހްތަރުގެ ފިލްމެއް ކަމަށްވާ "ޖީ ލެ ޒާރާ"ގައި ޕްރިޔަންކާގެ ބަދަލުގައި ރޯލެއް ކުޅެން އަނުޝްކާ ދެކޮޅު ހަދައިފި އެވެ.

ޖީ ލެ ޒާރާގެ ކާސްޓަށް ގެނައި ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގައި އެންމެ ގިނައިން ވާހަކަ ދައްކާ ފިލްމަކަށް މިހާރު މި ފިލްމު ވަނީ ވެގެންގޮސްފަ އެވެ.

ޕްރިޔަންކާ ޗޯޕްރާ މި ފިލްމުން ވަކިވެފައިވަނީ އޭނާގެ ހޮލީވުޑް ޕްރޮޖެކްޓް، "ސިޓަޑެލް 2" އަށް އިސްކަންދިނުމަށެވެ. '

ޕްރިޔަންކާގެ ނިންމުމާ ގުޅިގެން އޭނާގެ ބަދަލުގައި އެ ރޯލް ކުޅުމަށް އަނުޝްކާ ޝަރުމާއަށް ފަރްހާން ގުޅި ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވެ އެވެ.

ޖީ ލެ ޒާރާގެ ތަރިންގެ ކަންކަން އަދި މުޅި ހަމަޖެހިފައި ނުވާތީ މި ފިލްމުގެ މަސައްކަތް މިވަގުތަށް ހުއްޓިފައިވާ ކަމަށްވެސް ވެއެވެ.

ފަރުހާން އަޚްތަރު ގެންދާނީ އާމިރު ޚާންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަން" ގައިވެސް މަސައްކަތް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345