ޕްރިޔާންކާ ޗޯޕްރާ

ޕްރިޔަންކާ ޗޯޕްރާގެ "އެނޯމަލީ ހެއާ ކެއާ" އިންޑިއާގައި ލޯންޗްކުރަނީ

ޕްރިޔަންކާ ޗޯޕްރާގެ "އެނޯމަލީ ހެއާ ކެއާ" ޕްރޮޑަކްޓްތަކާ އެކު
100%
0%
0%

މިއަހަރު ކުރީކޮޅު ޕްރިޔަންކާ ޗޯޕްރާ ލޯންޗްކުރި އޭނާގެ އަމިއްލަ ބްރޭންޑް "އެނޯމަލީ ހެއާ ކެއާ" އިންޑިއާގައި ލޯންޗުކުރަން ތައްޔާރުވެއްޖެ އެވެ.

ޕްރިޔަންކާގެ އިންސްތަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ މާދަމާ އިން ފެށިގެން "އެނޯމަލީ ހެއާ ކެއާ" އިންޑިއާގައި ލިބެން ހުންނާނީ ނައިކާ ފިހާރަތަކުން އެކަނި ކަމަށެވެ.

"އެނޯމަލީ ހެއާ ކެއާ ރޭންޖް ތައްޔާރުކޮށްފައިވަނީ ތިމަންނަ ގައިގާ އަށަގަނެފައި ހުރި ސަގާފީ އަދި ހަރުދަނާ ހެއާ ކެއާ ރުޓީން އަށް ސާފު، ބާރުގަދަ ފޯމިއުލާތައް އެއްކޮށްގެން،" ޕްރިޔަންކާގެ ޕޯސްޓްގައި ބުނެފައިވެ އެވެ.

"އެނޯމަލީ ހެއާ ކެއާ" އަކީ ވޭގަން ރޭންޖެކެވެ. އަދި އޭގައި ސަލްފޭޓްސް، ޕެރަބަން، ޑައި، މިނެރަލް އޮއިލް ނުހިމެނެ އެވެ. އަދި މި އުފެއްދުންތައް ޖަނަވާރު ބޭނުންކޮށްގެން ޓެސްޓް ކޮށްފައެއްވެސް ނުވެ އެވެ. މި ސަބަބުތަކާ ހުރެ މި ރޭންޖްގެ މަގުބޫލުކަން އެމެރިކާގައި ދަނީ އިތުރުވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345