ފިނިޕޭޖް

ރަޖްނީކާންތު ރާއްޖެ އަތުވެއްޖެ

އެކްޝަން ފިލްމުތައް ކުޅެގެން ބޮޑު މަގުބޫލުކަމެެއް ހޯދާފައިވާ ރަޖްނީކާންތު ރާއްޖެ އަތުވެއްޖެ އެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުގައި އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަޖްނީކާންތު ރާއްޖެ އައީ ޗުއްޓީއަކަށް ކަމަށް އެނގިފައިވެ އެވެ.

ރަޖްނީކާންތު މިއަދު ރާއްޖެ އައި ކަން ހާމަކުރީ އޭނާ ރާއްޖެ އައި އެއާލައިން -- ސްރީލަންކަން އެއާލައިންގެ ފޭސްބުކް ޕޭޖު ގައެވެ.

އެ އެއާލައިނުން އާންމުކޮށްފައިވާ ފޮޓޯގައި ރަޖްނީކާންތު ފެންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓެއްގެ ކުރިމަތީގައި ހުއްޓަ އެވެ.

ދިވެހިންނަށްވެސް ފަރިތަ އެކްޓަރެއް ކަމަށްވާ ރަޖްނީކާންތު މިވަގުތު މަސައްކަތް ކުރަނީ އޭނާގެ ދަރިފުޅު -- އައިޝްވާރިޔާ ރަޖްނީކާންތު ޑައިރެކްޓުކުރާ "ލާލް ސަލާމް" ގައެވެ.