ބޮލީވުޑް

"ސޭންޑްމޭން"އަށް މަގުބޫލްކަން އިތުރުވަނީ

Sep 9, 2022

ނީލް ގައިމަންގެ ކޮމިކަށް ބިނާކޮށްފައިވާ "ސޭންޑްމޭން" ދަނީ ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުންނެވެ.

ފެންޓަސީ މި ޑްރާމާ އަކީ މޯފިއަސް، ހުވަފެނުގެ ރަސްގެފާނު ބަންދުން މިނިވަންވުމުން، އޭނާގެ ބާރުތައް އަލުން ހޯދުމަށް ކުރާ ދަތުރުގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެކެވެ.

ފާޑުކިޔުންތެރިން ވަނީ މި ސީރީޒްގެ އެކްޓިން އާއި ކޮސްޓިއުމްތަކާއި ވިޒުއަލް އިފެކްޓްސްގެ އިތުރުން ޕްރޮޑަކްޝަން ސެޓްގެ ޑިޒައިނަށް ތަރުރީފްކޮށްފަ އެވެ.

މި ސީރީޒްގައި ފެނިގެން ދަނީ ވިވިއެން އަޗެމްޕޮންގް، ޓޮމް ސްޓަރިޖް، ޕެޓަން އޮސްވޯލްޓް، ބޮއީޑް ހޯލްބްރޫކް ފަދަ ތަރިންނެވެ.