ބޮލީވުޑް

އެސްއެސް ރާޖަމޫލީގެ "އާރްއާރްއާރް"އަށް ޑެނީގެ ތައުރީފް

Sep 7, 2022

ހޮލީވުޑްގެ ތަޖުރިބާކާރު ތަރި ޑެނީ ޑިވީޓޯއަށް ބޮލީވުޑް ފިލްމްތައް ވަރަށް ކަމުދާ ކަމަށް ބުނެ، އެންމެ ފަހުން ބެލި ދެ ފިލްމް "އާރް...ރާޖްކުމާރް" އަށާއި އެސްއެސް ރާޖަމޫލީގެ ތެލެގޫ ފިލްމް "އާރްއާރްއާރް" އަށް ތައުރީފްކޮށްފި އެވެ.

ޑެނީ ޑިވީޓޯ ބޮލީވުޑާއި މި ދެ ފިލްމްގެ ވާހަކަ ދެއްކިއިރު، ފިލްމް "އާރްއާރްއާރް" އަކީ ތެލެގޫ ފިލްމެއްކަން އެނގިފައެއް ނުވެ އެވެ.

"އަހަރެން ބޮލީވުޑް ދެކެ ވަރަށް ލޯބިވޭ. މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ބެލިން "އާރްއާރްއާރް" އާއި "އާރް...ރާޖްކުމާރް" ބެލިން. ދެ ފިލްމްވެސް ވަރަށް މޮޅު. އަހަރެންނަށް ވެގެންވާނަމަ އެންމެން އެއްބަސްކުރުވާނަން ފިލްމްގައި ކުއްލިއަކަށް ލަވައަކަށް ނަށަން ފަށައިގަންނަން." ޑެނީ ބުންޏެވެ.

ބޮލީވުޑް ފިލްމްތަކުގައި ޑާންސް ހަރަކާތްތައް ފެނުމަކީ ވަރަށް ހައިރާންކުރަނިވި ކަމެއް ކަމަށާއި އެ ފިލްމުތަކުގައި ނެށިޔަސް އެކްޝަން ބައި އަޔަސް ފިލްމްގެ ވާހަކަ ދަމަހައްޓާ ކަމަށާ އެކަން ވަރަށް ކަމުދާ ކަމަށްވެސް ޑެނީ ބުންޏެވެ.

"އާރްއާރްއާރް" ގެ ހިންދީ ރީމޭކް ނެޓްފްލިކްސް އިން ބަލައިލެވޭނެ އެވެ. މި ފިލްމްގައި ލީޑް ރޯލް ކުޅެނީ ރާމް ޗަރަން އާއި ޖޭއާރް އެންޓީއާރް އެވެ.

މި ފިލްމަށް "ބޭބީ ޑްރައިވަރ"ގެ ޑައިރެކްޓަރު އެޑްގަ ރައިޓް ވެސް ވަނީ ތައުރީފްކޮށްފަ އެވެ.