ބޮލީވުޑް

"ދި އާޗީސް"ގައި އާޖީލެއް ތައާރަފްކުރަން ތައްޔާރުވަނީ

ޒޯޔާ އަޚްތަރު. އޭނާ ގެންދަނީ ބޮލީވުޑްގެ ނުފޫޒު ގަދަ އާއިލާތަކެއްގެ ޒުވާނުންތަކެއް "ދި އާޗީސް" ކިޔާ ފިލްމަކުން ބޮލީވުޑަށް ނެރެން ތައްޔާރުވަމުން
0%
0%
0%

ޒޯޔާ އަޚްތަރުގެ "ދި އާޗީސް" އިން ބޮލީވުޑްގެ ތިން ތަރިންގެ ދަރިން ތައާރަފްކުރުމަށް ތައްޔާރުވަނީ އެވެ.

މި ފިލްމުން ޝާރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން، ސްރީ ދޭވީ އަދި ބޯނީ ކަޕޫރުގެ ދަރިފުޅު ހުޝީ ކަޕޫރު އަދި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ ބޮލީވުޑަށް ނިކުންނާނެ އެވެ.

ޒޯޔާ އަޚްތަރު ވަނީ އާޗީސް ކޮމިކްސްގެ ސީއީއޯ ޖޮން ގޯލްޑްވޯޓާއާ ވާހަކަދައްކަމުންދާ ވީޑިއޯއެއް ދާދި ފަހުން އާންމުކޮށްފަ އެވެ.

ޒޯޔާއާ ވާހަކަދައްކަމުން ގޯލްޑް ވޯޓާ ބުނީ އިންޑިއާގައި މިފަދަ ޕްރޮޖެކްޓެއް ހެދުމަށް އަބަދުވެސް ޝައުގުވެރިވާ ކަމަށާއި ޒޯޔާ އެ ފިލްމް ޑައިރެކްޓް ކުރާތީ އެކަމާ އުފާވާ ކަމަށެވެ.

ޒޯޔާ ބުނީ އޭނާ ބޮޑުވީ އާޗީޒް ކޮމިކްސް ކިޔަމުން ކަމަށާއި މި ފިލްމް ހެދުމަށާއި ފިލްމްގެ ކެރެކްޓަރުންތައް އައު ޖީލަކަށް ތައާރަފްކުރަން ފުރުސަތު ލިބުމަކީ ވަރަށް އުފާވާ ކަމެއް އަދި ބޮޑު ޝަރަފެއް ކަމަށެވެ.

މި ފިލްމް ބިނާކޮށްފައިވަނީ 1960ގެ އަހަރުތަކުގައި ހިޔާލީ، ޖާދުވީ ހިލް ސްޓޭޝަން "ރިވަޑޭލް" ކިޔާ ޓައުން އަކަށެވެ.

އާޗީސް ކޮމިކްސް އުފައްދާފައިވަނީ 1941 ވަނަ އަހަރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910