ފިނިޕޭޖް

ރަކުލް އާއި ޖެކީގެ ކައިވެނި އަންނަ މަހު

ބޮލީވުޑްގެ އެކްޓްރެސް ރަކުލް ޕްރީތު އާއި ފިލްމު ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ ކައިވެނި އަންނަ މަހު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ގޯއާގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ 22 ވަނަ ދުވަހު އެވެ.

ރަކުލް އާއި ޖެކީ އެ މީހުންގެ ކައިވެނީގެ ކަންކަން އާންމުންނަށް އެހާ ބޮޑަށް އަންގަން ބޭނުން ނުވާތީ މި ހަފްލާއަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ އާއިލާގެ މީހުންނާއި އެންމެ ގާތްކޮށް އުޅޭ ރަހްމަތްތެރިންނަށެވެ.

ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ރަކުލް އާއި ޖެކީ މިވަގުތު ތިބީ ތައިލެންޑްގެ ބެންކޮކްގައި ކުރު ޗުއްޓީއެއްގައެވެ.

ބޮލީވުޑްގައި 2014 ވަނަ އަހަރުން ފެށިގެން އެކްޓްރެސްއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރަކުލް ސައުތު އިންޑިއާގެ ބައެއް ފިލްމުތައްވެސް ކުޅެފައިވާ އެކްސްޓްރެސް އެކެވެ. ޖެކީގެ މިހާރުގެ މައިގަނޑު މަސައްކަތަކީ ފިލްމުތައް ޕްރޮޑިއުސް ކުރުން ކަމަށްވީ ނަމަވެސް އޭނާ އަކީވެސް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ކުރިން ފެނިފައިވާ މީހެކެވެ.

ރަކުލް އާއި ޖެކީ ލޯބީގެ ގޮތުން ގުޅިފައިވާ އިއުލާން ކުރީ ރަކުލްގެ އިންސްޓަގްރާމުގައި 2021 ވަނަ އަހަރު އެވެ.