އޭޑިކޭ ހޮސްޕިޓަލް

ލޭ ހޮޅިތަކާ ގުޅޭ ކާމިޔާބު އޮޕަރޭޝަނެއް އޭޑީކޭގައި ކޮށްފި

Jul 16, 2022

ލޭ ގަނޑުވުމާއި ލޭ ހޮޅިތައް ފުފުމުން ފަދަ މައްސަލަތައް ދިމާވުމުން އެމައްސަލަ ހައްލުކުރުމަށް އޯޕަން ސާޖަރީއަކަށް ނުގޮސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ކާޑިއޯ ވެސްކިއުލާ އެންޑް ތޮރެކިކް ސާޖަރީ ޓީމުން މި އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އޭޑީކޭގެ ސްޕެޝަލިސް މެޑިކަލް ޓީމަކުން ކުރިއަށް ގެންދިޔަ "އެންޑޯވެސްކިއުލާ އެނިއުރިޒަމް ރިޕެއާ" އޮޕަރޭޝަނަށް ހޭދަވެފައިވަނީ ތިން ގަޑިއިރެވެ.

މި އޮޕަރޭޝަން ކުރަނީ ފައިގެ ނާރަކަށް ހޮޅިއެއް ލައްވައިގެން ހިތުގެ މައި ލޭ ހޮޅި -- އަޔޯޓާގައި މައްސަލަ ޖެހިފައިވާ ހިސާބު ނަގައި އެ ހިސާބަށް މަސްނޫއީ ހޮޅިކޮޅެއް ލެއްވުމަށެވެ.

މިފަދަ އޮޕަރޭޝަނަކަށްފަހު ބަލި މީހާ 48 ގަޑިއިރުގެ ތެރޭގައި އާންމު ހާލަތަކަށް ގެނެވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއް ހޮސްޕިޓަލް އޭޑީކޭ އިން ދަނީ ރާއްޖެއަށް ޒަމާނީ ހިދުމަތްތައް ތައާރަފްކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.