ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.

ޖުޑިޝަލް ސާވިލް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ގާޒީ ޒުބައިރު ސިވިލް ކޯޓުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

ޒުބައިރަކީ 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފ. ދަރަބޫދޫ މެޖިސްޓްޓް ކޯޓުގައި އާއި ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާފައިވެ އެވެ.

އަދި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައި ވެސް ޒުބައިރު ވަނީ މަސައްކަތްކުރައްވާފަ އެވެ. ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަނުކުރެއްވީ 2015 ވަނަ އަހަރު އެވެ.