ސައުދީ އަަރަބިއްޔާ

ސައޫދީ އެއާ އިން ރާއްޖެ- ސިންގަޕޫރު ފްލައިޓް އިތުރުކޮށްފި

Jul 20, 2022

ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން --- ސައުދިއާ އިން ރާއްޖެ- ސިންގަޕޫރު ފްލައިޓްތައް އިތުރުކޮށްފި އެވެ.

ސައޫދީއެއާ އިން ރާއްޖެއާ ސިންގްޕޫރާ ދެމެދު ދަތުރު ފެށީ މިދިޔަ މާޗް މަހު އެވެ. ސައުދީ އަރަބިއްޔާގެ ފްލެގްޝިޕް ކެރިއަރުން ހަފްތާއަކު ހަތަރު ފަހަރު ރާއްޖެއާ އާއި ސިންގަޕޫރާ ދެމެދު ދަތުރު ކުރާނެ އެވެ. މިހާރު ފްލައިޓް އިތުރު ކުރުމާއެކު ބުދަ ބުރާސްފަތި އަދި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ވެސް ދަތުރު ކުރާނެ އެވެ.

މި ދަތުރުތަކުގައި ސައޫދީއެއާއިން ބޭނުން ކުރާނީ ބީ787 ގެ ޑްރީމްލައިނާ މަތިންދާ ބޯޓެކެވެ.

ސައުދީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ދަތުރުތަކުގެ ސަބަބުން ސިންގަޕޫރާއި މާލެއާ ދެމެދު ގުޅުން އިތުރުވެ ރާއްޖޭން ފުރާ މީހުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.

"ދަތުރު ވެސް ރާވާފައިވާނީ ފަސޭހަ ވާނެ ގޮތަކަށް. ރާއްޖޭން ފުރުމާއި ސިންގަޕޫރަށް ދިއުމުގެ ވަގުތު ވެސް އޮންނާނީ ހެނދުނު މާލޭން ފުރައިގެން ހަވީރު ސިންގަޕޫރަށް އެނބުރި އާދެވޭ ގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

ސައުދީގެ ގައުމީ އެއާލައިން ރާއްޖެ އަށް ޝެޑިއުލް ފެށީ 2016 ވަނަ އަހަރު އެވެ. މި އެއާލައިންއަކީ މިހާރު މެދުއިރުމަތިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ އެއާލައިން އެކެވެ.