ހަބަރު

ސައޫދީ މާކެޓު ރަނގަޅުވެ، މެދުއިރުމަތިން ބައިލައްކަ މީހުން

ސައޫދީ އަރަބިއްޔާއިން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ބައިލައްކައަށްވުރެ ގިނަ މީހުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސައޫދީ އަރަބިއްޔާއިން މިދިޔަ އަހަރު 23,540 މީހުން ރާއްޖެ އައެވެ. މިއީ ކުރީ އަހަރު އައި 19,546 މީހުންނާ އަޅާބަލާއިރު 20.4 ޕަސެންޓު އިތުރު ވުމެކެވެ. އަދި ސައޫދީގެ އިތުރުން ދެން އެންމެ ގިނަ މީހުން އައިސްފައިވަނީ ޔޫއޭއީއިންނެވެ. އެ ގައުމުން މިދިޔަ އަހަރު 9,018 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ 2017 ވަނަ އަހަރު އައި 10,485 މީހުންނާ އަޅާ ބަލާއިރު 14 ޕަސެންޓް އިތުރު ވުމެކެވެ.

ސައޫދީ އަރަބިއްޔާ އިން އައި މީހުންގެ އަދަދު އިތުރުވުމާއެކު މެދުއިރުމަތިން ވަނީ 52,114 މީހުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އައި 49,193 މީހުންނާ އަޅާބަލާއިރު 5.9 ޕަސެންޓު އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 1.4 މިލިއަން މީހުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.