އެލައިޑް އިންޝުއަރެންސް

ހުޅަނގު މޫސުން ލައްވާލައިފި، މުދަލުގެ ރައްކާތެރިކަން އިސްކުރޭ

Jul 21, 2022

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުޅަނގު މޫސުން ލައިގަނެއްޖެކަން އިއުލާނުކުރި އިރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ދިޔައީ ގޯސްވަމުންނެވެ. އެހެންނަމަވެސް އަހަރެމެންގެ އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ދާންޖެހޭނެ ނޫންހެއްޔެވެ. ބޭރުން ރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެކުރަމުން ދިޔަ އެވެ. އަދި މާލެ އިން ރަށްރަށަށް ވެސް މުދާ ސަޕްލައިކުރަމުން ދިޔަ އެވެ.

ގަދަ ވަޔާއި ވާރޭގައި ވެސް ކާގޯ އުފުލުމާއި ސަޕްލައިކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު މިއީ ރިސްކު ބޮޑު މަސައްކަތެކެވެ. އުޅަނދު ކަނޑުވުން ނުވަތަ ރާޅު ޖަހާ އުޅަނދުގައި ހުރި މުދާ ހަލާކުވުން ނުވަތަ ކަނޑަށް ބައެއް މުދާ ގެއްލުން ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އެފަދަ ހާލަތެއްގައި އެއީ މާލީ ބޮޑު ގެއްލުމެކެވެ. އުފުލަން ޖެހޭ ވަރަށް ބޮޑު ބުރައެކެވެ. ކާގޯ އިންޝުއަރަންސް ޕްލޭނެއްގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.
އެލައިޑް އިންޝުއަރަންސްގެ ކާގޯ އިންޝުއަރަންސަކީ މިގޮތުން އެންމެ ފައިދާ ބޮޑު އިންޝުއަރަންސް ޕޮލިސީ އެވެ. މި ޕޮލިސީގެ ދަށުން ތިން ގިންތިއަކަށް ކަވަރޭޖު ފޯރުކޮށްދެ އެވެ.

ތިންވަނަ ގިންތި (އައިސީސީ ސީ) ގައި ރައްކާތެރިކަން ލިބެނީ ތާޑް ޕާޓީއެއްގެ ގޮތުގައި ތިމާގެ އުޅަނދާއި ކާގޯ އަށް ލިބިދާނެ ގެއްލުންތަކަށެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން ނުވަތަ އެއްޗެއް ގޮވުން، އުޅަނދު އަޑިއަށް ދިއުން ނުވަތަ ބަންޑުން ޖަހާލުން، އެހެން އުޅަނދެއްގައި ޖެހުން، ޑިސްޓްރެސްޑް ކާގޯ (އޯނަރު ހަވާލު ނުވާ / ނުކުރެވޭ ކާގޯ) ބަނދަރަށް ދޫކޮށްލުން އަދި ކާގޯ ކަނޑަށް ދޫކޮށްލަން ޖެހުން ފަދަ ހާލަތްތަކުގަ އެވެ.

ދެވަނަ ގިންތި (އައިސީސީ ބީ) ގައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ބިންހެލުން، ހޮނުއެޅުން ފަދަ ގުދުރަތީ ހާދިސާތަކާއި ކާގޯގެ ގޮތުގައި އުފުލަމުން ދިޔަ އެއްޗެއް ކަނޑަށް ވެއްޓުމާއި އަދި އުޅަނދުގައި ކާގޯ ބަހައްޓާފައި ހުރި އިރު ރާޅު ޖަހާ މުދަލަށް ގެއްލުންވުމާއި އަދި މުދާ ލޯޑުކުރުމާއި އަންލޯޑުކުރުމުގެ ތެރޭގައި އެއްޗެއް ވެއްޓި ހަލާކުވުމުން ލިބޭ ގެއްލުންތަކަށް ކަވަރޭޖު ލިބޭނެ އެވެ.

ފުރަތަމަ ގިންތި (އައިސީސީ އޭ) އަކީ ކޮމްޕްރެހެންސިވް ކަވަރޭޖެވެ. ނުވަތަ އެންމެ ރައްކާތެރިކަން ބޮޑު ކަވަރޭޖެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ކަނޑުފޭރޭ މީހުންގެ ނުރައްކާތަކާއި ވަގުތަށް ކާގޯ ޑެލިވަރީ ނުކުރެވިއްޖެނަމަ ލިބޭ ގެއްލުންތަކަށް ވެސް ކަވަރޭޖު ލިބޭނެ އެވެ.

މި ޕޮލިސީގެ ތިން ގިންތީގައި ވެސް ކަނޑަށް ވެއްޓޭ މުދާ ސަލާމަތްކުރުމަށް އަރާ ސެލްވޭޖް ޗާޖުތަކަށް ކަވަރޭޖު ލިބޭނެ އެވެ. އަދި އުޅަނދު ނުވަތަ ކާގޯގެ ސަލާމަތަށްޓަކައި އަމިއްލަ އިސްނެގުމަށް ނަގާ ޑިޒިޝަނަކުން ލިބޭ ގެއްލުން (ޖެނެރަލް އެވަރޭޖް ސެކްރިފައިސް) ވެސް ތިން ގިންތިން ކަވަރުކޮށްދެ އެވެ.

އެލައިޑްގެ ކާގޯ އިންޝުއަރަންސަކީ ހަމައެކަނި ކަނޑުމަގުން އުފުލާ ކާގޯއަށް އޮތް ރައްކާތެރިކަމެއް ނޫނެވެ. ވައިގެ މަގުންނާއި ރަށުތެރޭގައި އުފުލާ ކާގޯއަށް ވެސް ހަމަ މިހާލަތްތަކަށް ރިއާޔަތްކޮށް ރައްކާތެރިކަން ލިބޭނެ އެވެ. ވިސްނަވާށެވެ. މިއީ ހުޅަނގު މޫސުން ކަމުން މޫސުން ބަދަލުވަނީ ހީ ވެސް ނުކުރާ ގޮތްގޮތަށެވެ. އަވިގަދަ ހެނދުނެއް ފެނިފައި ވަރަށް ވިއްސާރަ މެންދުރަކާއި ރެޔެއް ވެސް އެއް ދުވަހުން ފެނިދާނެ އެވެ. އެހެންކަމުން ރައްކާވެ، ފިޔަވަޅު އަޅައިގެން ހުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.