ޓޫރިސްޓް އެރައިވަލް

ނުވަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ނުވަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 900،808 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 572،123 އެވެ. އެހެންވެ މިއީ މިދިޔަ އަހަރަށްވުރެ 28،685 ފަތުރުވެރީން ނުވަތަ 50 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެކެވެ.

މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން އެކަނި 132،151 ޓޫރިސްޓުން އައިސްފައިވެއެވެ. އަދި ދެވަނާގައި އުޅެނީ އިނގިރޭސިން އެވެ. އެ ގައުމުން 104،667 ޓޫރިސްޓުން އައިސްފައިވެއެވެ. ތިން ވަނާގައި އުޅެނީ ރަޝިއާ އެވެ.