ހަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ ކ. ގުރައިދޫއަށް

Jan 8, 2016

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ ކ. ގުރައިދޫގައި ބާއްވަން ނިންމައިފި އެވެ.

ރާއްޖެ އިސްލާމިވި ދުވަސް މި އަހަރު ދިމާވާނީ މި މަހުގެ 12 ވަނަ ދުވަހަށެވެ. ރާއްޖެ އިސްލާމްވީދުވަސް ފާހަގަ ކުރަން ގުރައިދޫގައި މިއަހަރު ބާއްވާ ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރާއި ދައުލަތުގެ އިސްވެރިންބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުން އަންނަނީ ބުދު ދީން ދޫކޮށް ދިވެހިންނާއި ދިވެހި ދައުލަތް ރަސްމީކޮށް އިސްލާމްދީން ގަބޫލުކުރި ދުވަހުގެ ހަނދާން އާ ކުރުމަށެވެ.