ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ ވީޑިއޯ މެސެޖެއް އާންމު ކުރެއްވުމުން އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ މައުމޫނަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
ދުންޔާ ވަނީ ރާއްޖެ ދުށް އެންމެ އަނިޔާވެރި އަދި ކޮރަޕްޝަނާއި ފަސާދަ ބޮޑު ދުވަސްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްތައް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލައްވާ އަނިޔާ ދެއްވި ކަމަށް ވިދާޅުވިއެވެ.
ދި ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދުންޔާ އެކަން ސިފަކުރެއްވީ އެއީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއްގެ ގޮތުގަ އެވެ. އަދި އެފަދަ ކަންކަމާ އަދިވެސް ކުރިމަތިލާންޖެހިދާނެތީ ސަމާލުވެ ތިއްބެވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ދުންޔާއަށް ރައްދު ދެއްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދުންޔާ މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރައްވައިގެން މަޝްހޫރުވުމަށާ ނަމަވެސް އެކަން ނުވާނެ ކަމަށެވެ. އަދި ދުންޔާ މިވަގުތު ހުންނެވީ ރާއްޖެ ދުށް އެންމެ ބޮޑެތި ޣައްދާރުންނާ އެކު އެއް ސަފެއްގައި ކަމަށް ވިދާޅުވިއެވެ.
"ވަޒީރުކަމުން އިސްތިއުފާ ދީފަ އާދޭސް ކޮށްގެން ސްޓޭޓް މިނިސްޓަރު ކަމަށް އައީ އެ [ރައީސް ޔާމީންގެ] ސަރުކާރު އަނިޔާވެރި ވީމަތޯ،" ދުންޔާގެ ވާހަކަތަކަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
ނާޒިމަށް ރައީސް ޔާމީން ފާޑުވިދާޅުވުމާ އެކު ޕީޕީއެމްއާއި އެމްއެންޕީގެ އިސްވެރިންގެ ސޯޝަލް މީޑިއާގައި ގެންދަވަނީ އެއް ބަޔަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.