އެމެރިކާގެ އޯހަޔޯގެ ސިންސިނަޓީގައި ހުންނަ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އޮފީހަށް ހަތިޔާރާ އެކު ވަންނަން އުޅުނު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާއިފި އެވެ.
އެފްބީއައި އޮފީސް އިމާރާތަށް ވަނުމަށް މަސައްކަތް ކުރުމަށްފަހު އޭނާ އެތަލުން ފިލިގައިގެން ދިޔަ ފަހުން "އޯހަޔޯ ހައިވޭ ސްޓޭޓް ޕެޓްރޯލް" އިން އެ މީހާއަށް ފާރަލައި މަގުމަތިން ހަމަލާދިނީ އެވެ.
މަގުތައް ބަލަހައްޓާ ފުލުހުން ބުނި ގޮތުގައި އޭނާ މަރާލީ އަމާން ދިނުމަށް ގޮވާލުމުން ފުލުންނާ ދިމާއަށް ބަޑި ދިއްކުރުމުންނެވެ. އެހެން ނަމަވެސް، އޭނާ ނޫން މީހަކަށް އެއްވެސް އަނިޔާއެއް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ރޭ ވިދާޅުވި ގޮތުގައި އެފްބީއައި ނޫނަސް އަމަން ބަލަހައްޓާ އޮރިސަރުންނަށް އިންޒާރުދީ ބިރުދެއްކުމަކީ ނުރައްކާތެރި އަމަލެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހާލަތެއްގައި އޮންނަނީ އާންމުންނަށް ގެއްލުން އެންމެ ކުޑަ ގޮތަކަށް އެ މީހަކު ބިމަށް ވައްޓާލައި އޮބައިގަތުމެވެ.
މަގުތަކުގައި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ތިބޭ ފުލުހުންނާއި އޮފިސަރުންނަށް ބިރުވެރިކަމެއް އޮތް ނަމަ އެކަމަކުން ރައްކާތެރިވުމަށް ނުވަތަ ސަލާމަތްވުމަށް ހަތިޔާރުގެ ބޭނުންކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ މަގުތަކުގައި ހަތިޔާރާއެކު މީހުން އިމާރާތްތަކަށް ވަދެ މުދަލާއި އާންމުންގެ ތަކެތި ފޭރުމަކީ ވަރަށް އާންމު ކަމެކެވެ. ސްކޫލް ތަކަށާއި ޔުނިވާސިޓީ ތަކަށް ވަދެ ބަޑިން ހަމަމާދީ މީހުން މެރުމަކީ ވެސް އެމެރިކާގައި ފެތުރިގެންފައިވާ ބަލިމަޑު ކަމެކެވެ.
އޯހަޔޯ ފުލުހުން ބުނާ ގޮތުން އާންމުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ އެވެ. އަދި ޓެރަރިސްޓުން ގޮތުގައި ފާހަކަގުރެވޭ މީހުންނަށް އަމާން ދިނުމަށް ގޮވާލުމުން އިންކާރުކޮށް އަދި ހަތިޔާރު އުފުލައިފިނަމަ ބަޑިޖަހައި މަރާލެވޭނެ އެވެ.