ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި، ޔުނިވާސިޓީއެއްގައި ހިންގި ބަޑިޖެހުމުގެ ހާދިސާއެއްގައި 14 މީހަކު މަރުވެ، 24 މީހަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނާ ގޮތުން ބޮޑަށް ބެލެވެނީ މިއީ ބަދަލުހިފުމުގެ ހަމަލާއެއް ކަމަށެވެ.
ފުލުހުން ބުނާ ގޮތުން ޕްރާގްގެ އެހެން އަވަށެއްގައި މިދިޔަ ހަފުތާގައިވެސް ވަނީ ބަޑިޖަހައި ހަމަލާދީ ދެ މީހަކު މަރާލާފަ އެވެ. އެހެންކަމުން މި ދެ ހަމަލާގައި ގުޅުމެއް އޮވެދާނެ ކަަމާށް -- އޮތުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ހަމަލާ ދިނީ ފުލުހުން ބުނާ ގޮތުން ޗާލްސް ޔުނިވާސިޓީގެ ފެކްލަޓީ އޮފް އާޓްސްގައި ތައުލީމް ހާސިކުރަމުން އަންނަ 24 އަހަރުގެ ކުއްޖެކެވެ.
މި ކުއްޖާ ދިރިއުޅޭ ކަމަށް ފުލުހުން ބުނަނީ ވެރިރަށާ 21 ކިލޯމީޓަރުގެ ދުރުގައި އޮންނަ އަވަށެއްގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ކުއްޖާގެ ބައްޕަ ވެސް ވަނީ ބުރާސްފަތި ދުވަހު މަރާލާފަ އެވެ. އޭނާ މަރާލި މީހަކާ މެދު ސުވާލު އުފެދިފައި އޮތްއިރު ފުލުހުންގެ އަތުގައިވެސް ސައްހަ ޖަވާބެއް ނެތެވެ.
ޔުނިވާސިޓީއަށް ހަމަލާ ދިނުމަށްފަހު ފުލުހުން ބުނާ ގޮތުން އޭނާ ވަނީ އަމިއްލަ ގަޔަށް ބަޑިޖަހައި މަރުވެފަ އެވެ.
ބަޑިޖެހި މީހާ އަކީ އެއްވެސް ޓެރަރިސްޓް ޖަމާއަތަަކާ ގުޅުން އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ. އޭނާއާ ބެހޭ މިފަދަ އެއްވެސް ރެކޯޑެއް ނެތް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ސަލާމަތީ އިދާރާތަކުން ބުނީ ޔުނިވާސިޓީ ހަމަލާގައި މަރުވީ ކޮން ބައެއްކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. މަރުވި މީހުން ވަކިކުރުމަށް ވުރެ ބޮޑަށް ފުލުހުންގެ ސަމާލުކަން އޮތީ ޔުނިވާސިޓީ ތެރޭގައި އިތުރު ޓެރަރިސްޓަކު ހުރިތޯ ބެލުމެވެ.
ފުލުހުން ބުނާ ގޮތުން މި ހަމަލާގައި އިތުރު މީހަކު ބައިވެރިވެފައިވާ ކަމުގެ އެއްވެސް އަލާމާތެއް އަދި ނެތެވެ. އެހެނެއް ކަމަކު ޔުނިވާސިޓީގެ އިމާރާތަކީ ސާފު އަދި ދަރިވަރުންނަށް ރައްކާތެރި ތަނެއްތޯ ކަށަވަރުކުރާނެ އެވެ.
ދާހިލީ ވަޒީރު ވިޓް ރަކޫސާ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މިއީ ޕްރާގްގައި ގޭންގް މާރާމާރީ ގިނަ ދުވަސްކޮޅެކެވެ.
ވެރި ރަށުގެ އެތައް މިތަނުގައި ބަޑިޖެހުމުގެ ހަމަލާތަކެއް މިދާކަށް ދުވަހު ހިނގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެ ހަމަލާތަކާ -- މި ހަމަލާއާ ގުޅުމެއް އޮވެދާނެ ކަމަށް ވަޒީރު ތުހުމަތު ކުރެއްވި އެވެ.
ޔުނިވާސިޓީ ބަލާ ސާފުކުރިއިރު ވަޒީރު ވިދާޅުވި ގޮތުގައި ވަރަށް ގިނަ ހަތިޔާރު ވަނީ ފެނިފަ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ މިއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.