ހޮލީވުޑް

"ތޯ ލަވް އެންޑް ތަންޑާ" ތަފާތު

Aug 13, 2022

މާވެލްގެ "ތޯ"ގެ ހަތަރު ވަނަ ބައި، "ތޯ: ލަވް އެންޑް ތަންޑާ" ރިލީޒް ކުރީ މިދިޔަ ޖޫން 23 ވަނަ ދުވަހު އެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ "ތޯ ރެގްނަރޮކް" އާއި "ތޯ: ލަވް އެންޑް ތަންޑާ"ގެ ޑައިރެކްޓަރު ޓައިކާ ވައިޓީޓީ އެވެ.

ލަވް އެންޑް ތަންޑާ ބިނާކޮށްފައިވަނީ "އެވެންޖާސް އެންޑްގޭމް" އާއި "ރެގްނަރޮކް" އަށް ފަހުގަ އެވެ. މިއީ ކުރީގެ ތިން ފިލްމާ މުޅިން ތަފާތު ފިލްމެކެވެ.

ތޯގެ ފުރަތަމަ ދެ ފިލްމާ ހިލާފަށް، ލަވް އެންޑް ތަންޑާގައި ތޯ މަސައްކަތްކުރަނީ ހިތްހަމަޖެހުމާއި އަމިއްލަ ނަފްސަށް އުފާވެެރިކަން ހޯދުމަށެވެ. އަދި "ރެގްނަރޮކް" އިން ތޯގެ ސަކަ މިޒާޖު ފެނިގެން ދިޔަޔަސް، ލަވް އެންޑް ތަންޑާގައި މި ބައި ބޮޑަށް ފެނިގެންދާނެ އެވެ.

ތޯގެ ސަކަ މިޒާޖުވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މިއީ ޑައިރެކްޓަރު ވައިޓިޓީގެ ތަސައްވުރާއި ތޯގެ ރޯލް އަދާކުރާ ކްރިސް ހެމްސްވަތްގެ ހުނަރުގެ ސަބަބުން އައި ބަދަލެކެވެ.

"ތޯ: ލަވް އެންޑް ތަންޑާ" މިވަގުތު އުޅެނީ ދުނިޔޭ ބޮކްސް އޮފީހުގައި ހަވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ގޮތުގަ އެވެ.