ހޮލީވުޑް

މިއަހަރު އެންމެ ގަދަޔަށް ހިނގަނީ "ޓޮޕް ގަން: މެވްރިކް"

Aug 13, 2022

މިއަހަރުގެ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ގަދަޔަށް ހިނގާފައިވަނީ މަޝްހޫރު ފިލްމީ ތަރި ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވްރިކް" އެވެ.

ޕެރެމައުންޓް ޕިކްޗާސް އިން މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރި "ޓޮޕް ގަން: މެވްރިކް" އަށް 664 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ފައިދާއެއް މިހާތަނަށް ލިބިފައިވެ އެވެ.

ދެވަނަ އަށް މާވެލްގެ "ޑރ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނަސް" އުޅޭ އިރު ތިންވަނައިގައި އޮތީ "ޖުރޭސިކް ވާލްޑް ޑޮމިނިއަން" އެވެ.

ޓޮޕް ގަން އަކީ ޓޮމް ކްރޫޒް 1986 ގައި ކުޅުނު ފިލްމެކެވެ. އަދި މި ފިލްމުގައި ދައްކުވައިދެނީ އެމެރިކާގެ ނޭވީ ފައިޓާ ޕައިލެޓެއްގެ ވާހަކަ އެވެ. މި ފިލްމަށް ވަނީ އޮސްކާ އެވޯޑްވެސް ލިބިފަ އެވެ.