ޓޫރިޒަމް

ސެވަން ސްޓާ ލަގްޒަރީ އެވޯޑު ނޮވެމްބަރުގައި

ރާއްޖޭގެ ކުންފުންޏަކަށް މީގެކުރިން ލިބުނު ސެވަން ސްޓާ އެވޯޑަކާ ހަވާލު ވަނީ -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
0%
0%
0%

ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ ސެވަން ސްޓާ ލަގްޒަރީ ހޮސްޕިޓާލިޓީ އެންޑް ލައިފް ސްޓައިލް ޓްރެވަލް އެވޯޑް ނޮވެމްބަރު މަހު ތުރުކީގައި އޮންނާނެ އެވެ.

ސެވަން ސްޓާ ލަގްޒަރީ އެވޯޑު އިންތިޒާމުު ކުރާ ކުންފުނިން އަވަސް އަށް ފޮނުވި ނޫސް ބަޔާނެއްގައި ބުނީ މި އެވޯޑުގެ އަހަރީ ޖަލްސާ އޮންނާނީ މިއަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު ތުރުކީގައި ކަމަށެވެ.

އޭގެފަހުން ކުލަގަދަ ރަސްމިއްޔާތަކާއެކު އެވޯޑް ހަފްލާ އޮންނާނީ ނޮވެމްބަރު 19 ވަނަ ދުވަހު ތުރުކީގެ ބޫޓިކް ޑިޒައިން ޕްރޮޕަޓީއެއް ކަމަށްވާ ލަޒޯނީ ހޮޓަލުގަ އެވެ.

އެވޯޑު އިންތިޒާމު ކުރާ ކުންފުނީގެ ޗެއާމަން / ފައުންޑަރު ޚަލީލް އެލް-މޫއެލްހީ ވިދާޅުވީ މި އެވޯޑު ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަކީ ލިބިގެންދާ ޝަރަފެއް ކަމަށެވެ.

"އިސްތަންބޫލް އަކީ ޝަރަފުވެރި ރަށެއް. ތާރީހާއި ތަރިކައާއި ސަގާފަތާއި ހާއްސަ މެހެމާންދާރީ އަދާކުރުމުގެ ސަބަބުން މުޅި ދުނިޔެ އަށް މަޝްހޫރު ސަހަރެއް. އިސްތަންބޫލްގައި ބާއްވާ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރެވޭ ފުރަތަމަ އެވޯޑް ހަފްލާއަށް މި ހަފްލާވުމަކީ އަޅުގަނޑުމެންވެސް ފަހުރުވެރިވާ ކަމެއް،" ޚަލީލް އެލް-މޫއެލްހީ ވިދާޅުވި އެވެ.

މި އެވޯޑު ހުށަހަޅާނީ މަޝްހޫރު ލިޔުންތެރިޔާ އީސޭ ވަހަޕޮގްލޫ އެވެ. މުނިފޫހިފިލުވުމުގެ އައިޓަމްތައް ހުށަހަޅައިދޭނީ ޔޫރޯވިޝަންގައި އޭނާގެ ގައުމު ތަމްސީލުކޮށް "ދަ ވޮއިސް" ތުރުކީގެ އިތުރުން "އޯލް ޓުގޭޑް ނޯ" އާއި އެހެނިހެން ގިނަ އަދަދެއްގެ ޓީވީ ޝޯތަކުން ފެނިގެންދިޔަ ނޫޓްސާ ބުޒާލާޒޭ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910