ހޮލީވުޑް

އޭން ހޭޝް މަރުވެއްޖެ ކަމަށް ނިންމައިފި

Aug 13, 2022

އުމުރުން 53 އަހަރުގެ ފިލްމީ ތަރި އޭން ހޭޝް އެކްސިޑެންޓަކަށްފަހު ފަރުވާ ދެމުންދަނިކޮށް ހާލުދެރަވެ، މަރުވެއްޖެ އެވެ.

އޭން ހޭޝް އެކްސިޑެންޓްވީ މިމަހުގެ ފަސްވަނަ ދުވަހު އޭނާ ދުއްވަމުން ދިޔަ ކާރު ދެބުރި ގެއެއްގައި ޖެހިގެންނެވެ. އެ ހާދިސާއާއި ގުޅިގެން އެ ވަގުތު ކާރުގައި އަލިފާންވެސް ރޯވި އެވެ.

އޭންގެ ތަރުޖަމާން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު އޭންގެ ހަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ފިހިފައި ކަމަށާއި ކޯމާގައި އޮތް އޭން ހޭނާރާ ކަމަށެވެ. އަދި އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ.

އޭންގެ އާއިލާ އިން ބުނީ އޭނާގެ ސިކުނޑިއަށް ގެއްލުން ލިބި ރަނގަޅުވާނެ ކަމުގެ އުއްމީދު ނެތުމުން އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.

އޭންގެ ހަށިގަނޑުގެ ގުނަވަންތައް ހަދިޔާކުރުމަކީ އޭންގެ އެދުމަކަށްވާތީ އާއިލާ އިން ދަނީ އެކަމުގައި އަމަލުކުރަންޖެހޭ އުސޫލުން އަމަލުކުރުމަށްވެސް ތައްޔާރުވަމުންނެވެ.

އޭންގެ ކާރު ގޮސް ޖެހުނު ގޭގައި ހުރި އަންހެނަކަށް ވެސް ކުދި އަނިޔާ ލިބިފައިވާތީ ފުލުހުން ދަނީ އެކްސިޑެންޓާ ގުޅޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

އޭންގެ ހަށިގަނޑުން ނެގި ލޭގައި މަސްތުވާ ފަދަ އެއްޗެއް ހުރިކަމަށް ފާހަގަކުރެވޭތީ އެކަމާ ގުޅޭ ޓެސްޓުތަކެއް ވެސް ތަހުގީގުގައި އުޅޭ އޮފިސަރުން ދަނީ ހަދަމުންނެވެ.

އޭން ހޭޝްގެ ފިލްމީ ހަޔާތުގައި އެތައް ފިލްމަކާއި ސީރިޒްތަކެއް ކުޅެ، އެމީ އެވޯޑެއް ވެސް ހާސިލްކޮށްފައިވެ އެވެ. އޭން އަކީ ދެ ފިރިހެން ކުދިންގެ މަންމަ އެވެ.