ހޮލީވުޑް

ލޭޑީ ގާގާ "ޖޯކަ 2" ކުޅެދެނީ 10 މިލިއަނަށް

Aug 14, 2022

ބޮކްސް އޮފީހުގައި ބޮޑު މަގު މަގުބޫލު ކަމެއް ހޯދި "ޖޯކަ"ގެ ދެވަނަ ބައި "ޖޯކަ: ފޮލީ އަ ޑޫ" ކުޅުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ލޭޑީ ގާގާއަށް 10 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.

ލޭޑީ ގާގާ މި ފިލްމްގައި އަދާކުރާނީ ހާލީ ކުއިންގެ ރޯލެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2024 ގައި، މިއުޒިކަލްއެއްގެ ގޮތުގަ އެވެ.

މި ފިލްމްގެ ފިރިހެން ލީޑް ރޯލް އަދި ޖޯކަގެ ރޯލް އަދާކުރި ހޮއެކިން ފީނިކްސް އަށްވެސް ކުރިން ލިބުނު 4.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޖޯކަރގެ ދެވަނަ ބައި ކުޅުމަށް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ހޮއެކިން ފީނިކްސް "ޖޯކަ"ގައި ދައްކުވައިދިން މޮޅު އެކްޓިން އަށް އޭނާއަށް ވަނީ އޮސްކާގެ ބެސްޓް އެކްޓަރުގެ އެވޯޑްވެސް ލިބިފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ރިލީޒް ކުރި "ޖޯކަ" އަކީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ކާމިޔާބީ ހޯދި ފުރަތަމަ އާރް-ރޭޓަޑް ފިލްމެވެ.