ހޮލީވުޑް

ނެޓްފްލިކްސްގެ "ޓޮޕް ޓެން ޓްރެންޑިން" ލިސްޓްގައި "ސީބީސްޓް"

Aug 15, 2022

ފިލްމް އަދި ސީރީޒް ސްޓްރީމިންގް ސާވިސްއެއް ކަމުގައިވާ ނެޓްފްލިކްސްގެ މި ހަފްތާގެ "ޓޮޕް ޓެން ޓްރެންޑިން" ލިސްޓްގެ ފަސްވަނައިގައި ވަނީ ކުޑަކުދިންގެ ފިލްމް "ސީބީސްޓް" އެވެ.

މި ލިސްޓްގައި ޕާޕަލް ހާޓްސް، ޑާލިންގްސް، ދަ ގްރޭ މޭން ފަދަ ފިލްމުތަކުގެ އިތުރުން ކުޑަކުދިންގެ ފިލްމެއް އިނުމަކީ މި ފިލްމުގެ މޮޅުކަމާއި މަގުބޫލުކަން ދޭހަކޮށްދޭ ކަމެކެވެ.

"ސީބީސްޓް" އަކީ ކާލް އާބަން އަދި ޑޭން ސްޓީވަންސް ފަދަ ތަރިން އަޑުއަޅާފައިވާ އެނިމޭޓެޑް ފިލްމެކެވެ.

މި ފިލްމުގައި މައިގަނޑު ގޮތެއްގައި ވަނީ ސީބީސްޓް ހޯދުމަށް އުޅޭ މަޝްހޫރު މީހެއްގެ ނަވަށް ކުޑަ އަންހެން ކުއްޖަކު ވަގަށް އަރައިގެން ގޮސް ދިމާވާ ކަންތައްތަކެވެ.