ހޮލީވުޑް

ޑައިރެކްޓަރު ވުލްފްގޭންގް ޕީޓަސަން މަރުވެއްޖެ

Aug 18, 2022

ޖަރުމަންގެ މަޝްހޫރު ޑައިރެކްޓަރު ވުލްފްގޭންގް ޕީޓަސަން އުމުރުން 81 އަހަރުގައި ޕޭންކްރިއޭޓިކް ކެންސަރުބަލީގައި މިދިޔަ ހުކުރު ދުވަހު މަރުވެއްޖެ އެވެ.

ވުލްފްގޭންގް ޕީޓަސަންގެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "ދަސް ބޫޓްސް"، "ދަ ނެވައެންޑިން ސްޓޯރީ"، "އިން ދަ ލައިން އޮފް ފަޔަ"، "އައުޓްބްރޭކް"، "އެއާ ފޯސް ވަން"، "ދަ ޕާފެކްޓް ސްޓޯމް" ފަދަ ފިލްމް ހިމެނެ އެވެ.

ވުލްފްގޭންގް ފިލްމެއް ކަމަށްވާ "ދަސް ބޫޓްސް" އޮސްކާ އެވޯޑުގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ނޮމިނޭޓްވެފައިވެ އެވެ.

ވުލްފްގޭންގް ޕީޓަސަންގެ ހަޔާތުގައި އޭނާ ވަނީ ގެރީ އޯލްޑްމަން، ހެރިސަން ފޯޑް، ގްލެން ކްލޯޒް، ޑަސްޓިން ހޮފްމަން، ރިނޭ ރޫސޯ، މޯގަން ފްރީމަން، ކިއުބާ ގުޑިން ޖޫނިއާ، ޖޯޖް ކްލޫނީ، މާކް ވޯލްބާގް ފަދަ ހުނަރުވެރި ތަރިންނާއެކު މަސައްކަތްކޮށްފަ އެވެ.