ދުނިޔެ

މަނީޓަރީ ފަންޑުގެ އޮފިޝަލުން 24 ގައި ލަންކާއަށް

އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް)ގެ އޮފިޝަލުން އޮގަސްޓް 24 ގައި ލަންކާއަށް ވަޑައިގަންނަވަނީ އެވެ. އޮފިޝަލުންގެ ދަތުރު ހަމަޖެހިފައިވަނީ މި މަހުގެ 31 ގެ ނިޔަލަށެވެ.

ލަންކާއަށް މާލީ ގޮތުން ކުރިމަތިވެފައި އޮތް ހާލަތު އަލުން މުރާޖާކޮށް އައިއެމްއެފްއާ އެކު ކުރިން ކުރި މަޝްވަރާތަކާ ގުޅުވާލާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ބައިނަލްއަގްވާމީ ލޯނުދޭ ބޭންކުތަކަށާއި ގައުމުތަކަށް ލަންކާ ދައްކަން ޖެހިފައި ހުރި ދަރަނި އަލުން ރާވައި ދަރަނި ދެއްކިދާނެ ވަކި ރޭވުމަކަށް އެެއްބަސްވެވޭތޯ އޮފިޝަލުން ބަލާނެ އެވެ.

ލަންކާއަށް ކުރިމަތިވެފައި އޮތް އިގުތިސޯދީ ނިކަމެތި ކަމުން އަރައިގަތުމަށް ދުނިޔޭގެ މާލީ އިދާރާތަކާ އެކު ކުރިން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް ލަންކާގައި ހަމަނުޖެހުން ބޮޑުވެ މަޝްވަރާތައް ކުރެވޭ ވަރު ނުވެގެން އޮތީ ހުއްޓާލާފަ އެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ލަންކާއަށް ކުރިން ދިން ލަފައަށް އަޅާލުމެއް ނެތި ގައުމު ހިންގަން ހަދައިގެން މިހާރު އޮތް ހާލަތެ އެ ފެންނަނީ އެވެ.

ބޯލްޑް ބޭންކާއި އައިއެމްއެފް ކަހަލަ މާލީ އިދާރާތަކުން ލޯނު ހޯދަން މަސައްކަތް ކުރާއިރު ޝަރުތުކުރާ ކަންކަން ބަލައިގަނެ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ފަހަރު ވެސް އާދެ އެވެ.

ކޮވިޑާ ގުޅިގެން ލަންކާގެ ބޯޑަރުތައް ބަންދުކޮށް އެހާ ގިނަދުވަހު ބާއްވަން ހަދައިގެން ލަންކާގައި ހުރި ބޭރު ފައިސާ ވަނީ ހުސްވެފަ އެވެ.

ކާބޯތަކެއްޗާއި ބޭސް އަދި ތެޔޮ ގަންނާނެ ފަދަ ވެސް ލަންކާގައި ނެތި ދައުލަތް ވަނީ ބަނގުރޫޓުވެފަ އެވެ.

ނިކަމެތި އިގުތިސޯދީ ހާލަތާ ހެދި އާންމު ރުޅިގަދަވެ މަގުތަކަށް ނުކުމެ ދިގުދަންމާލި މުޒާހަރާތައް އަނިޔާވެރި ހާދިސާތަކަކަށް ވަނީ ބަދަލުވެފަ އެވެ. އަދި އާންމުންގެ ރުޅިގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ އަދި ރައީސް ގޮޓާބެ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ލަންކާގައި މިހާރު ރައިސަކަށް ހުންނެވީ އިންތިގާލީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.