ދުނިޔެ

ލަންކާއަށް އެހީދޭން ވޯލްބޭންކް ތައްޔާރު

ލަންކާއަށް މާލީ ގޮތުން އެހީތެރިވާން ތައްޔާރު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ. ވޯލްޑް ބޭންކުން ލަންކާއަށް ހާއްސަ ޕެކޭޖެއް ދޭނެ ކަމަށް ބުނި ނަމަވެސް ފުރިހަމަ އަދަދު ހާމައެއް ނުކުރެ އެވެ. އޮފިޝަލް ވިދާޅުވީ ސިއްހީ ބޭސް ފަރުވާއަށް މިވަގުތަށް އެމެޖެންސީ އެހީއެއް ގޮތުގައި 10 މިލިއަން ދޫކުރާނެ ކަމަށެވެ.

ލަންކާގެ މާލީ ވަޒީރު އަލީ ސޮބްރީ މިވަގު އުޅުއްވަނީ އެމެރިކާގެ ވޮޝިންގްޓަންގަ އެވެ. އެއީ ލަންކާގެ އިގުތިސޯދު ކޮޅަށް ޖެހުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭނުންކާއެކު މަޝްވަރާ ކުރެއްވުމަށެވެ.

އައިއެމްއެފް އިން ބުނި ގޮތުން މަޝްވަރާތަކާ މެދު ހިތްހަމަޖެހެ އެވެ. އަދި ލަންކާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

އަލީ ސޮބްރީ ވިދާޅުވި ގޮތުގައި އައިއެމްއެފް އިން 500 މިލިއަން ޑޮލަރު ދޫރުމާ ބެހޭ ގޮތުން ދަނީ ވިސްނަމުންނެވެ. އޭނާ ވިދާޅުވީ އެއީ މިވަގުތަށް ހަމަޖެހިދާނެ އަދަދެއް ކަމަށް ބެލެވޭ ކަމަށެވެ.

އައިއެމްއެފް އާއި ވޯލްޑް ބޭންކުން ލަންކާއަށް އެހީ ފޯރު ކޮށްދޭނެ ކަމަށް ބެލެވެނީ އެކި ކަންކަމަށް ބަހާލައިގެނެވެ. އެގޮތުން ކައްކާ ގޭހާއި ކާބޯތަކެތި އަދި އަސާސީ އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ދޫކުރާނެ ގޮތަކާ މެދު ވެސް މަޝްވަރާ ކުރާނެ ކަމަށް ވެއެވެ.

ސޮބްރީ ވިދާޅުވި ގޮތުގައި އިންޑިއާއިން އަދިވެސް އެހީތެރިވާނެ އެވެ. ޗައިނާ އާއި ޖަޕާން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ވެސް އެހީތެރިކަށް ފޯރު ކޮށް ދޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު މިއިން ދުވަހަކު ވެސް ނުދާ ވަރަށް ވަނީ އަޑިއަށް ގޮސްފަ އެވެ. ގައުމުގެ އާންމު ހާލަތު ކޮޅުންލައި ކާބޯތަކެއްޗަށާއި ބޭހަށް އަދި ޒަރޫރީ އެހެނިހެން ބާވަތްތަކަށް ވަނީ ޖެހިފަ އެވެ.

އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން ގޮވާލައި މަގުތަކަށް އާންމުން ނުކުމެ ހަމަނުޖެހުންތައް ހިންގަމުން މިހާރު ވެސް އެބަ ގެންދެ އެވެ. މުޒާހަރާކުރާ މީހުން މިހާރު ގޮވާލަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު މުޅިން އާސަރުކާރެއް އެކުލަވާލުމަށެވެ.