ދުނިޔެ

ލަންކާއަށް ސުލްހަ ގެނެވެން އޮތް އަވަސްގޮތް އިޚުތިޔާރު ކުރަން ޖެހޭ: އެމެރިކާ

ލަންކާގައި ކަންތައްތައް ހިނގަމުން އެދަނީ އެ ކަންތައްތައް ހިންގަން ޖެހޭ މަގުން ނޫން ކަމަށް އެމެރިކާއިން ބުނެފި އެވެ.

ހަމަނުޖެހުން ތަކުގައި ބައެއްގެ އިހުމާލުވުން އޮތް ނަމަ އެ ބަޔަކު އެއްފަރާތް ކޮށްފައި ނަމަވެސް ގައުމު ސުލްހަކުރަން ޖެހިއްޖެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ލަންކާއަށް އިގިތުސޯދީ ގޮތުން އަންނަމުދިޔަ ބަދަލުތައް އަތުން ކައްސާލައި ގައުމު މިހާރު އޮތީ އަނދަވަޅެއްގަ އެވެ.

އިގުތިސޯދު ހިންގަން ބޭނުންވާ ބޭރުފައިސާ ލިބޭނެ ގޮތް ހުސްވެ މުޅި ގައުމު އޮތީ ކޮރުވެފަ އެވެ. އާންމުނަށް ފޯރުކޮށްދޭނެ އެކައްޗެއް ވެސް ސަރުކާރުގައި މިހާރު ނެތެވެ.

ލަންކާ ސަރުކާރަށް އާންމު ރައްޔިތުން ގޮވާލަނީ ވެރިކަން ކުރަން ތިބި ބަޔަކު ދުރަށް ޖެހި ގައުމު ހިންގޭ ވަރުގެ ބަޔަކާ ހަވާލު ކުރުމަށެވެ.

އާންމުގެ މިއަޑު ސަރުކާރުން ނޭހުމުގެ ސަބަބުން އިއްޔެގައި ހިނގާ ދިޔަ ހަމަނުޖެހުން ތަކުގައި ރައީސް ގޮޓާބޭ އަދި ބޮޑުވަޒީރު ރަނިލްގެ ގަނޑުވަރަށް އާންމުން ވަދެގަނެ ވަނީ ޒަމާން ދުއްވާލަފަ އެވެ.

އެމެރިކާއިން ބުނީ އެދެނީ އަވަސް ސުލްހައަކަށް ކަމަށެވެ. ސުލްހަ ގެނެސް ގާނޫން ދެމެހެއްޓުމަކީ އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

އިންޓަނޭޝަނަލް މަނީޓަރީ ފަންޑާއި ވޯލްޑް ބޭނުންކުން ވެސް ލަންކާއަށް ދޭ ނަސޭހަތަކީ ދަރަނި ދިރާސާކޮށް ގައުމުގައި އޮތް ސިޔާސީ ކުޅިނގަނޑު ނައްތާލުމެވެ.

ލަންކާ މިހާރު އެ އޮތީ ސަރުކާރު ހިންގަން ތިބި ބަޔަކު ކުރި ކަމަކުން ޖެހިފައި އޮތް ހާލެއްގައި ކަމަށް ދުރުބަލާ މީހުން ބުނެ އެވެ. ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލަންކާއަށް ދިން ނަސޭހަތް ގަބޫލު ނުކުރުމުން ޖެހުނު ހާލު ކަމަށް ވެސް ބުނެވެ އެވެ.