އެލްޖީއޭ

19 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްފި

Aug 21, 2022

ރަށްރަށުގައި މަޝްރޫއުތައް ހިންގޭނެ ބާރު ހޯދައިދިނުމުގެ ގޮތުން ލޭންޑް ޔޫޒް ޕްލޭން ހަދަން ފުރުސަތު ހުޅުވާލުމުން ހުށަހެޅި 19 ޕްލޭނެއް ފާސްކޮށްފި އެވެ.

އެމްޑީޕީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަރުނަރު އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ މިހާތަނަށް 68 ރަށެއްގެ ލޭންގް ޔޫޒް ޕްލޭން ހަދަން ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެތެރެއިން 19 ޕްލޭނެއް ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޭންޑް ޔޫޒް ޕްލޭން ފާސްކުރި ރަށްތައް

 • ހދ. ނޭކުރަންދޫ
 • ނ. ކެނދިކުޅުދޫ
 • ރ. ކިނޮޅަސް
 • ރ. އިންނަމާދޫ
 • ރ. ފައިނު
 • ބ. ފެހެންދޫ
 • ބ. ފުޅަދޫ
 • ބ. ގޮއިދޫ
 • ބ. ކުޑަރިކިލު
 • ކ. ހުރާ
 • އއ. މަތިވެރި
 • އދ. ދިގުރަށް
 • އދ. އޮމަދޫ
 • މ. ކޮޅުފުށި
 • މ. މުލި
 • ތ. ތިމަރަފުށި
 • ތ. ވޭމަންޑޫ

"އެލްޖީއޭގެ ބަޖެޓުގައި ހިމަނައިގެން ލޭންޑް ޔޫޒް ޕްލޭން ހަދަން ހުށަހެޅި ފަންޑްސް ވަނީ ކައުންސިލަށް ނޫނީ ލޭންޑް ޔޫޒް ޕްލޭން ހަދަން ހުށަހެޅި ފަރާތްތަކަށް ހަވާލުކުރެވިފައި. އުންމީދަކީ ލޭންޑް ޔޫޒް ޕްލޭންތައް ފާސްކުރެވި މަސައްކަތް ފެށުން،" އަފްޝަން ވިދާޅުވި އެވެ.

އަފްޝަން އިތުރަށް ވިދާޅުވީ މަރުކަޒީ ސަރުކާރުން ކުރި ގިނަ ކަންތައްތަކެއް ބަހާލުމަކީ ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން އިޖުތިމާއީ މަރުކަޒުތައް ބަހާލެވި މިސްކިތްތަކާއި ޖޮބް ސެންޓަރުތައް ބަހާލެވި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގައިވެސް ގޮތަކެއް ނިންމުމާއި ޓޫރިޒަމް ބިން ކަނޑައެޅުމުގެ ބާރު ލިބިގެން ދިއުމަކީ ވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.