ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެ-އިންޑިއާ އަމިއްލަ ފައިސާއިން ވިޔަފާރި މުއާމަލާތްތައް ފަށަނީ

0%
0%
0%

ރާއްޖެއާއި އިންޑިއާ އަމިއްލަ ފައިސާ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭ ގޮތަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދިވެހި ދައުލަތުގެ ފަރާތުން މިއެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ. އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)ގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.

މިއެއްބަސްވުމުގެ ދަށުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި އަދި ވަކި ކަހަލަ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އިގްތިސާދީ އެހެން ބައެއް މުއާމަލާތްތަކުގައި ދެ ގައުމުން އެއްބަސްވާ ގޮތެއްގެ ދެ ގައުމުގެ އަމިއްލަ ފައިސާ އިން މުއާމަލާތްތައް ކުރެވޭނެ އެވެ.

ދެ ގައުމުންވެސް ދެކޭ ގޮތުގައި މިއެއްބަސްވުމާ ގުޅިގެން ދެ ގައުމުގެ އިމްޕޯޓް އެކްސްޕޯޓް މުއާމަލާތްތަކުގައި ޑޮލަރަށް ބަރޯސާވާ ވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ އެވެ.

އެމްއެމްއޭ އިން ބުނީ މި އެއްބަސްވުމާ ގުޅިގެން އިންޑިއާ އަށް ފައިސާ ދައްކަންޖެހޭ ބިލްތަކާއި، ލޯނަށް ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާ އިން ދެއްކޭ ގޮތް ހަމަޖެހިގެން ދިއުމުން ވަގުތުތަކެއް ސަލާމަތްވެ ހަރަދުތަކެއް ކުޑަކުރެވޭނެ ކަމަށެވެ.

ރާއްޖެއާއި އިންޑިއާ އިން މިހާރު ދަނީ ފްރީ ޓްރޭޑް އެގްރިމެންޓެއް ހެދުމުގެ މަޝްވަރާތައްވެސް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910