އެމްއެމްއޭ

އިންޑިއާ އާއި ޗައިނާގެ ސަފީރުންނާ މުނައްވަރު ބައްދަލުކުރައްވައިފި

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްއެމްއޭ
0%
0%
0%

އިންޑިއާ އާއި ޗައިނާގެ ސަފީރުންނާ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ބައްދަލުކުރައްވައިފި އެވެ.

އެމްއެމްއޭ އިން މިއަދު ބުނި ގޮތުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ ބައްދަލުކުރައްވާފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، ޗައިނާގެ ސަފީރުއާއެކު -- ފޮޓޯ: އެމްއެމްއޭ

މި ބައްދަލުކުރެއްވުންތަކުގައި އިގުތިސާދީ އަދި މާލީ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ޗައިނާ އާއި އިންޑިއާއަކީ މާލީ ގޮތުން ރާއްޖެއަށް އެންމެ ގިނައިން އެހީތެރިވާ ދެ ގައުމެވެ.

މި ދެގައުމުގެ ސަފީރުންނާ އެމްއެމްއޭގެ ގަވަރުނަރު ބައްދަލުކުރައްވާފައި މިވަނީ ރާއްޖޭގައި ބޭނުންކުރެވޭ ރިޒާވް -- ޔޫޒަބަލް ރިޒާވް މިމަހު ހުސްވާނެ ކަމަށް މަރުކަޒީ ބޭންކް ލަފާކޮށްފައިވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910