ހޮލީވުޑް

"ހައުސް އޮފް ޑްރޭގަން" އަކީ "ގޭމް އޮފް ތްރޯންސް" ހާ މޮޅު ފިލްމެއް

Aug 22, 2022

މެޓް ސްމިތް، މިލީ އެލްކޮކް، ޕެޑީ ކޮންސިޑީން، ރީސް އައިފަންސް އަދި އެމިލީ ކެރީ ކުޅޭ "ގޭމް އޮފް ތްރޯންސް"ގެ ސްޕިން އޮފް "ހައުސް އޮފް ޑްރޭގަންސް" އަކީ ތަފާތު، އެކަމަކު އެހާމެ މޮޅު ފިލްމެކެވެ.

"ގޭމް އޮފް ތްރޯންސް"ގައި އެކި އާއިލާތަކަށް ސަމާލުކަންދޭއިރު "ހައުސް އޮފް ޑްރޭގަންސް" ސަމާލުކަން ދެނީ ހައުސް އޮފް ޓާގެރީންނަށެވެ.

މި ސީރިޒް ބިނާކޮށްފައިވަނީ ޖޯޖް އާރް.އާރް. މާޓިންގެ "ފަޔާ އެންޑް ބްލަޑް" ފޮތުގެ ބަޔަކަށެވެ.

މި ސީރީޒްގައި ދައްކައިދެނީ ޑެނީރީޒް ޓާގެރީން ދުނިޔެއަށް އައުމުގެ 173 އަހަރު ކުރި އެވެ.

މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުން ވެސް ފެނިގެންދަނީ ވެރިކަމާއި ބާރުގެ ބޭނުމުގައި ކުޅޭ ސިޔާސީ ރާޒުވާ ކުޅިގަނޑު ފަށާތަނެވެ.

ކިންގް ވިސޭރީސްއަށް ފިރިހެން ދަރިއަކު ނުލިބުމުން، އޭނާގެ ވާރުތަވެރިޔަކަށް އަޔަން ތްރޯނަށް އަންނާނެ މީހަކު ހޮވަ އެވެ. އެކަކަކީ ކިންގްގެ ފިރިހެން ކޮއްކޮ އެވެ. އަނެކަކީ ކިންގްގެ އަންހެން ދަރިކަބަލެވެ.

މި ސީރިޒްގައި ރޯލްތައް އަދާކުރާ އެކްޓަރުންގެ އެކްޓިން މޮޅެވެ.

"ގޭމް އޮފް ތްރޯންސް"ގެ ނުފޫޒާ ވަކިން މި ސީރިޒް ގެންދާނެކަމަށް އުއްމީދުކުރާއިރު، ފުރަތަމަ އެޕިސޯޑުން އެ ނުފޫޒު ވަރަށް ބޮޑަށް ފާހަގަވެ އެވެ.

ސްޕެޝަލް އިފެކްސް އާއި ކޮސްޓިއުމް ޑިޒައިންވެސް ފާހަގަކުރާ ވަރަށް ހިތްގައިމެވެ.