ހޮލީވުޑް

އެމީލީއާގެ ސިފައަށް މަލާމާތްކުރުމަށްފަހު މައާފަށް އެދިއްޖެ

Aug 25, 2022

"ގޭމް އޮފް ތްރޯންސް"ގެ ސްޕިން-އޮފް ސީރިޒެއް ކަމުގައިވާ "ހައުސް އޮފް ދަ ޑްރޭގަން"ގެ އޮސްޓްރޭލިއަން ޕްރީމިއާ ޝޯގެ ސްކްރީނިންގައި ވާހަކަ ދައްކަމުން ފޮކްސްޓެލްގެ ސީއީއޯ ޕެޓްރިކް ޑިލޭނީ، އެމީލީއާ ކްލާކަށް ކުރި މަލާމާތުގެ ސަބަބުން އޯޑިއަންސާއި ފޭނުން ނުރުހުން ފާޅުކުރުމުން އެކަމަށް މައާފަށް އެދިއްޖެ އެވެ.

ޕެޓްރިކް ޑިލޭނީގެ ވާހަކައިގައި އޭނާ ތަންކޮޅެއް ލަހުން "ގޭމް އޮފް ތްރޯންސް" ބަލަން ފެށި ކަމާ، އެ ބަލަން ފަށާފައި މިއީ ކުރު އަދި ކަޓު އަންހެން ކުއްޖަކު އަލިފާނުގެ ތެރެއަށް ހިނގާފައި ދާ ކޮން ކަހަލަ ޝޯއެއްބާއޭ ހިތަށް އެރި ވާހަކަ ބުންޏެވެ.

ޕެޓްރިކް މިހެން ބުނުމުން އޯޑިއަންސްގައި ހުރި މީހަކު ބުނީ ހީވަނީ ޕެޓްރިކް ހުރީ އެންމެން ހޭން ފަށާތޯ ކަމަށެވެ.

މިކަމާ ގުޅިގެން މީހުން ނުރުހުން ފާޅުކުރުމުން، ފޮކްސްޓެލްގެ ތަރުޖަމާނު ވަނީ އެމީލީއާ ކްލާކްގެ ކިބައިން މައާފަށް އެދި، ޕެޓްރިކް އެހެން ބުނީ މަލާމާތުގެ ނިޔަތުގައި ނޫން ކަމަށާއި އެކަމާމެދު ހިތްހަމަ ނުޖެހޭނަމަ، މައާފަށް އެދޭ ކަމަށް ބުނެފަ އެވެ.

އެމީލިއާ ކްލާކް ވަނީ "ގޭމް އޮފް ތްރޯންސް" ގައި ދެނެރީސް ޓަގެރީންގެ ރޯލް އަދާކޮށްފަ އެވެ.