އެމެރިކާގެ ކެލިފޯނިއާގައި 2035 އިން ފެށިގެން ޑީސަލާއި ޕެޓްރޯލް ވެހިކަލް ގަނެ ވިއްކުމަކީ މަނާ ކަމެއް ގޮތުގަައި ކަނޑައަޅައިފި އެވެ.
ކެލިފޯނިއާގެ އެއާ ރިސޯސަސް ބޯޑުން ބުނާ ގޮތުގައި 2035 އަށް ފަހު މަނާވާނީ އާ އުޅަނދެއް ގަތުމާއި ވިއްކުމެވެ. އެހެން ނަމަވެސް، އެ ހިސާބަށް ދާއިރު ޑީސަލާއި ޕެޓްރޯލުން ބޭނުކުރެވޭ އެއްގަމު އުޅަނދުފަހަރަށް މަނާކަމެއް ނޯންނާނެ އެވެ.
އެއާ ރިސޯސަސް ބޯޑުން ބުނާ ގޮތުން އުންމީދަކީ ތިމާވެއްޓަށް ޚިދުމަތްކުރުމެވެ. ކެލިފޯނިއާ އަކީ ވައި ސާފު އަދި ދުމުން ކޮށިއެރުމުން ސަލާމަތްވެފައި އޮތް އަވަށަކަށް ހެދުމެވެ.
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކެލިފޯނިއާއަށް ބޮޑެތި ގެއްލުން ވެފައިވާކަން ފާހަގަކޮށް އެއާ ރިސޯސަސް ބޯޑުން ބުނީ ޖައްވު ނުސާފުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރެވެން އޮތީ އެފަދަ ވަސީލަތްތަކާ ދުރުވެގެން ކަމަށެވެ.
އެއްގަމު އުޅަނދުފަހަރު އިންތިހާއަށް އިތުވަމުން ދާއިރު ކޮންޓްރޯލެއް ނެތް ގޮތުގައި އެއް މާހައުލެއްގައި ތެޔޮ އެންދުމަކީ އާންމުގެ ސިއްހަތަށް ނުރައްކާތެރި ކަމަކަށް ވާނެ ކަމަށް ވެސް އެ ބޯޑުން ބުނެ އެވެ.