އެމެރިކާގެ ކެންޓަކީ ސްޓޭޓަށް ބާރުގަދަ ނަގުރޯޅިތަކެ އަރައިފި އެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 100 ފަހަނައަޅާފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.
ކެންޓަކީ ސްޓޭޓްގެ ގަވަރުނަރު، އޭންޑީ ބޭޝިއާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ވައިބާރުވުމުގެ ސަބަބުން އަންދާޒާކުރަން ދަތި ގެއްލުންތައްކެއް މުޅި އަވަށަށް ވަނީ ލިބިފަ އެވެ.
ގަވަރުނަރު ވިދާޅުވީ އިމާރާތްތަކުގެ ފުރާޅު ވަޔާ އެއްލާލުމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އޭނާ ކުރިން ވިދާޅުވި ގޮތުން 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކަ އެވެ.
ކެންޓަކީ ސްޓޭޓްގައި ހާލަތު ގޯސްވުމުގެ ސަބަބުން ކުއްލި ހާލަތު އިއުލާންކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަދި މައި ސަރުކާރުން ގޮތެއް ނިންމައިދިނުމަށް އެދި ދަންނަވާފައިވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ކެންޓަކީ ސްޓޭޓްގެ ހަޔާތުގައި މިވަރުގެ ނަގޫރޯޅިއެއް އަރާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކެންޓަކީއާ ޖެހިގެން ހުރި ސްޓޭޓްކަށާއި އަވަށްތަކަށް ވެސް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ.