މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިންގެ އެވޯޑަށް 82 ހުށަހެޅުން

Sep 1, 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑަށް 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީން ހާމަކޮށްފި އެވެ.

ނޫސްވެރިކަމުގެ އެވޯޑް މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ 12 ދާއިރާ އަކުންނެވެ.

އެވޯޑްގައި ހިމެނޭ ދާއިރާތައް

  • ތަހުގީގީ ނޫސްވެރިކަން
  • ސިޔާސީ ދާއިރާ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ
  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • ފީޗާ
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  • އުއްމީދީ ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

އެމްއެމްސީން ނޫސްވެރިންގެ އެވޯޑް ދެނީ ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އެމްއެމްސީން ބުނެ އެވެ.

ނޫސްވެރިންގެ އެވޯޑް ދިނުމަށް ރަސްމިއްޔާތު ބާއްވާނެ ވަކި ދުވަހެއް އަދި އެމްއެމްސީން ހާމަކޮށްފައެއް ނުވެ އެވެ.