މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މެންބަރު ކަމަށް މިއަދު ބޭފުޅުން ހޮވައިފި އެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އިންތިހާބުގައި ހޮވީ މީޑިއާތަކުން ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެކެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުން
- ފާތިމަތު ޝަނާ މުހައްމަދު (މިހާރު) 118 ވޯޓު
- ނަޖާހް މަސްއޫދު (ވަގުތު އޮންލައިން) 117 ވޯޓު
- ހަސަން ޝާކިރު މުހައްމަދު (އާފަތިސް) 93 ވޯޓު
- ހަފްސީ އަބްދުﷲ (ހަފްސީ ޑޮޓްކޮމް) 75 ވޯޓު
- ހުސައިން ހަސަން (ހަތާވީސް) 74 ވޯޓު
- ހުސައިން ސަގީފް (ތިލަދުން) 74 ވޯޓު
- ނަހުދާ ފާއިޒް (ދިޔަރެސް) 71 ވޯޓު
- ފާތިމަތު ފަހުމީ: (އަމިއްލަގޮތުން) 80 ވޯޓު
- އިބްރާހިމް ފައުޒީ: (އަމިއްލަގޮތުން) 76 ވޯޓު
- އިބްރާހިމް މުހައްމަދު: (އަމިއްލަގޮތުން) 49 ވޯޓު
މީޑިއާ ކައުންސިލްގައި ތިއްބަވަނީ ދެ އަހަރުގެ ދައުރަކަށް ހޮވާ ޖުމްލަ 15 މެންބަރުންނެވެ. އެއީ މީޑިއާތަކުން ހޮވާ 8 ބޭފުޅުންނާއި އަމިއްލަ ގޮތުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ހޮވާ ހަތް ބޭފުޅުންނެވެ.
މީޑިއާ ކައުންސިލްގެ ހިނގަމުން މިދާ ދައުރުގެ މެންބަރުންގެ ދައުރު ކުރިއަށް އޮތް ހޮނިހިރު ދުވަހު ހަމަވާނެ އެވެ.