ބާ ކައުންސިލް

ޑރ. ޖަމީލުގެ މައްސަލައެއް ބާ ކައުންސިލުން ބަލަނީ

Sep 6, 2022
ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ މައްސަލައެއް ބާ ކައުންސިލުން ބަަލަން ފަށައިފި އެވެ.

އަމިއްލަ ފަރާތަކުން ޖަމީލުގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓާ ބެހޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މައްސަލަ ހުށަހެޅި ފަރާތް ކަމަށްވާ މުހައްމަދު އަނީސް އަކީ ސުޕްރީމް ކޯޓުގައި ޖަމީލް ވަކާލާތު ކުރައްވާ މައްސަލައެއްގައި ޝާމިލްވާ އެއް ފަރާތެވެ.

މުހައްމަދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ޖަމީލް ވަކާލާތު ކުރައްވަމުން ގެންދަވާ މައްސަލައިގައި ފަނޑިޔާރުންނާ މުހާތަބު ކުރައްވާއިރު ގާނޫނީ ފަންނުގައި ބުނާ ގާނޫނީ ވަކީލުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް އެކަން ކުރާ ކަމަށެވެ.

ޖަމީލްއާ ގުޅޭ މައްސަލަ ބިނާކޮށްފައިވަނީ އޭނާގެ އަނބިކަނބަލުންގެ އާއިލީ ވިޔަފާރިއާ ގުޅޭ ފިހާރައެއް މީހަކާ ހަވާލުކުރުމާ ގުޅޭގޮތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ރިއާޔަތްކޮށް ޖަމީލް ދެއްކެވި ވާހަކަފުޅަކަށެވެ.

މައްސަލަ ބަލަމުންދާ ކަމަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބާ ކައުންސިލުން ވަނީ ޖަމީލަށް އަންގާފަ އެވެ.

މިމައްސަލައިގައި ބާ ކައުންސިލުން މިހާތަނަށް އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910