ހޮލީވުޑް

"ދަ ވުމަން ކިންގް" އިނގިރޭސިންނާއި ތަމަޅަ ބަހުން ރިލީޒްކުރަނީ

Sep 9, 2022

ވަޔޯލާ ޑޭވިސްގެ އާ ފިލްމް "ދަ ވުމަން ކިންގް" އިނގިރޭސި ބަހުންނާއި ތަމަޅަ ބަހުން އަންނަ މަހުގެ ފަސްވަނަ ދުވަހު އިންޑިއާގައި ނެރުމަށް ނިންމައިފި އެވެ.

މި ފިލްމުން ފެނިގެންދާނީ 19 ވަނަ ގަރުނުގައި އެޕްރިކާގެ އޭރުގެ އެންމެ ބާރުގަދަ އެއް ރަސްކަން ކަމުގައިވާ ދަހޯމޭ ހިމާޔަތްކުރާ އަގޯޖީ ކިޔާ ހުސް އަންހެނުންގެ ވޮރިޔަ ޔުނިޓެއްގެ ވާހަކަ އެވެ.

މި ފިލްމްގައި އެކަޑަމީ އެވޯޑް ލިބުނު ވަޔޯލާ ޑޭވިސްގެ އިތުރުން ތޫސާ އެމްބެދޫ، ލަޝާނާ ލީންޗް ޖޯން ބޮޔޭގާ، އެޑްރިއޭން ވޮރަން ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމްގެ މޮޅުކަމުން، ރިލީޒްކުރުމުގެ ކުރިންވެސް އެކަޑަމީ އެވޯޑް ލިބޭނެކަމުގެ ވާހަކަ ދެކެވެމުން އެބަދެ އެވެ.