ދުނިޔެ

އަންހެން ކުދިންނަށް ކިޔެވޭނެ ގޮތް ނެތުމަކީ ހިތާމައެއް: ކަރުޒާއީ

އަފްޣާނިސްތާންގައި ޖުމުލަކޮށް ހުރިހާ އަވަށެއްގައި އަންހެން ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދެއްވުމަށް އަފްޣާންގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ތާލިބަން ސަރުކާރަށް ގޮވާލައްވައިފި އެވެ.

ހާމިދު ކަރުޒާއީ ވިދާޅުވި ގޮތުގައި ތައުލީމަށް އެދި އަންހެން ދަރިވަރުން ގޮވާލާ ގޮވާލުމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި އެއީ އަފްޣާން ރައްޔިތުންގެ އަޑު ކަމަށެވެ.

ތާލިބާނުން އެދި ގޮވާލަނީ އަފްޣާންގައި އެ މީހުން ގާއިމުކޮށްފައި އޮތް ސަރުކާރު ބަލައިގަތުމަށެވެ. އެހެންނަމަވެސް، ގައުމުތަކާ އެކު މަޝްވަރާކޮށް ވެފައި ހުރި ވައުދުތައް ދެމެހެއްޓުމުގައި ތާލިބާނުންނަށް ދެމިތިބެވޭ ގޮތެއް ނުވެ އެވެ.

ތާލިބާނުން ދުނިޔެއަށް ބުނެފައި އޮތީ ކަނބަލުންގެ ހައްގުތައް ހޯދައިދޭނެ ކަމަށެވެ. އަންހެން ކުދިންނަށް -- މެދު މަދަރުސީ އަދި މަތީ ތައުލީމަށް ފުރުސަތު ދޭނެ ކަމަށެވެ.

އެހެން ނަމަވެސް، ޖެހިގެން އަންނަ ދުވަހު އެ ވާހަކަތައް ބޮލާލާޖަހައި، ކޮންމެވެސް އުޒުރެއް ދައްކައި ތާލިބާން ސަރުކާރުގެ ވެރިން ދުވެ ގޮސް ފިލަ އެވެ.

ތާލިބާނުން މާޗުގައި ބުނި ގޮތުން ލަސްތަކެއް ނުވެ އަންހެން ކުދިންގެ ސްކޫލްތައް ހުޅުވާނެ އެވެ.

އެހެންނަަމަވެސް ޕަކްޓިއާ ޕްރޮވިންސްގެ އިދާރާތަކުން ބުނި ގޮތުގައި ސްކޫލްތައް ހުޅުވާނެ ކަމަށް ބުނި ނަމަވެސް އެކަމުގައި އަމަލީ ސިފަ ޖައްސަން ސަރުކާރުން ހުއްދަ ދީފައެއް ނުވެ އެވެ.

ޕަކްޓިއާ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުނި ގޮތުގައި ސްކޫލްތައް ބަންދުކުރި ކަމަށް ބުނެ ދައްކަނީ ސިޔާސީ ވާހަކަތަކެވެ. އެއީ ބަޔަކު ފަތުރާ ޕްރޮޕެގެންޑާއެއް ކަމަށް އިންފޮމޭޝަން ޑިޕާޓްމަންޓުން ބުންޏެވެ.

ތާލިބާނުންގެ އޮފިޝަލުން ރޮއިޓާސް އަށް -- ނަން ނުޖަހާ ގޮތަށް، ބުނި ގޮތުގައި ސްކޫލްތައް ހުޅުވާ ގޮތަށް ހަމަޖައްސާފައެއް ނުވެ އެވެ. އޭނާ އަދި ބުނީ ސްކޫލްތައް ނުހުޅުވައިގެން ބައެއް އަވަށްތަކުގައި ހަމަނުޖެހުން ވެސް ހިންގަމުން ގެންދާ ކަމަށެވެ.

ތާލިބާނުން މިހާރު ވެސް ބުނަނީ ސްކޫލްތައް ހުޅުވުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ލަސް ނޫން މުއްދަތެއްގައި ސްކޫލްތައް ހުޅުވާނެ ކަމަށެވެ. އެ މީހުން މާދަމަ މި ވާހަކަތައް ބަދަލުކުރާނެ އެވެ.