ހޮލީވުޑް

އެމީސް 2022: "ސްކުއިޑް ގޭމްސް" އަށް ހަ އެވޯޑް

ޓީވީ ސީރީޒްތަކަށް ހާއްސަ އެވޯޑެއް ކަމަށްވާ "އެމީ އެވޯޑް"ގެ މިއަހަރުގެ ހަފްލާ ބާއްވައިފި އެވެ.

މިއަހަރުގެ ޝޯ ހުށަހަޅައިދީފައިވަނީ "ސަޓަޑޭ ނައިޓް ލައިވް"ގެ ކީނަން ތޮމްޕްސަން އެވެ.

މިއަހަރުގެ އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައިވަނީ 25 ނޮމިނޭޝަނާއެކު "ސަކްސެޝަން" ސީރީޒަށެވެ. ދެވަނައިގައި 20 ނޮމިނޭޝަނާއެކު އުޅެނީ "ޓެޑް ލާސޯ" އާއި "ވައިޓް ލޮޓަސް"އެވެ. "އޮންލީ މަޑާސް އިން ދަ ބިލްޑިން" އަށާއި ހެކްސް" އަށް 17 ނޮމިނޭޝަން ލިބިފައިވާއިރު، ސައުތް ކޮރެއާގެ "ސްކުއިޑް ގޭމްސް" އަށް ވަނީ 14 ނޮމިނޭޝަން ލިބިފަ އެވެ.

މިއީ އެމީގެ ތާރީހުގައި އިންޓަނޭޝަނަލް ކެޓަގަރީގެ ބަދަލުގައި އާންމު ކެޓަގަރީތަކަށް އިނގިރޭސި ބަހުގެ ސީރީޒެއް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.

"ސްކުއިޑް ގޭމްސް" ވަނީ ހަމަ އެފަދައިން ގޯލްޑަން ގްލޯބްސް އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް އިން ވެސް ބޮޑެތި ކާމިޔާބީ ހޯދާފަ އެވެ.

"ސަކްސެޝަން" އަށް "އައުޓްސްޓޭންޑިން ޑްރާމާ ސީރީޒް"އާ އެކު ހަތަރު އެވޯޑެއް ލިބިފައިވާއިރު "ޓެޑް ލާސޯ" އަށް އައުޓްސްޓޭންޑިން ކޮމެޑީ ސީރީޒް" އަދި "ވައިޓް ލޮޓަސް" އަށް އައުޓްސްޓޭންޑިން ލިމިޓެޑް އޯ އެންތޮލޮޖީ ސީރީޒް" އާއެކު ފަސް އެވޯޑެއް ލިބިފައިވެ އެވެ.

"އައުޓްސްޓޭންޑިން ލީޑް އެކްޓާ އިން އަ ޑްރާމާ ސީރީޒް" އަށް "ސްކުއިޑް ގޭމްސް"ގެ ލީ ޖަން ޖޭއަށް ލިބިފައިވާއިރު، "އައުޓްސްޓޭންޑިން ލީޑް އެކްޓެރެސް އިން އަ ޑްރާމާ ސީރީޒް"ގެ އެވޯޑް ލިބިފައިވަނީ "ޔޫފޯރިއާ" އިން ޒެންޑާޔާ އަށެވެ.

"ސްކުއިޑް ގޭމްސް" އިން ވަނީ "އައުޓްސްޓޭންޑިން ޑައިރެކްޓިން ފޯ އަ ޑްރާމާ ސީރީޒް"، "އައުޓްސްޓޭންޑިން ވިޝުއަލް އިފެކްސް އިން އަ ސިންގަލް އެޕިސޯޑް"، "އައުޓްސްޓޭންޑިން ސްޓަންޓް ޕާފޯމަންސް" ފަދަ އެވޯޑްތަކާއެކު ޖުމްލަ ހަ އެވޯޑް ކާމިޔާބުކޮށްފަ އެވެ.