ފިނިޕޭޖް

"އިންޑިއާނާ ޖޯންސް 5"ގެ ޓްރޭލާ ރިލީޒްކޮށްފި

"އިންޑިއާނާ ޖޯންސް 5" ގެ ޓްރޭލާ ޑީ23 އެކްސްޕޯގައި ރިލީޒްކޮށްފި އެވެ.

މި ފިލްމުގެ ޑައިރެކްޓަރު ޖޭމްސް މެންގޯލްޑް އާއި ހެރިސަން ފޯޑް އަދި ފީބީ ވޯލާ-ބްރިޖް މި ހަފްލާގައި ބައިވެރިވި އެވެ.

މި ފިލްމް ކޯ-ޕްރޮޑިއުސް ކުރަނީ ސްޓީވަން ސްޕީލްބާގް އެވެ.

"އިންޑިއާނާ ޖޯންސް"ގެ ހަތަރު ފިލްމެއްގައި އިންޑިއާނާ ޖޯންސްގެ ރޯލް އަދާކޮށްފައިވާ ހެރިސަން ފޯޑް މި ފިލްމްގެ ޓްރޭލާ ފެނުމުން ވަރަށް ޖަޒްބާތީވި އެވެ. އަދި ކޯ-ސްޓާ ފީބީ އަށް ތައުރީފްކުރަމުން ބުނީ އިންޑިއާނާ ޖޯންސް ފިލްމް ހެދުމުގައި ހިއްސާވުމަކީ އާދަޔާ ހިލާފު ތަޖުރިބާއެއް ކަމަށާއި މިއީ އޭނާ މި އައިކޯނިކް ރޯލް ކުޅޭނެ އެންމެ ފަހު ފަހަރު ކަމަށެވެ.

"މި ފިލްމަކީ މިސްޓްރީ އަދި އެޑްވެންޗާ އިން ފުރިފައިވާ ފިލްމެއް، އެކަމަކު އޭގައި ހިތާކުޅޭ ފަދަ ވާހަކައެއް އެކުލެވިގެންވޭ،" އުމުރުން 80 އަހަރުގެ ހެރިސަން ފޯޑް އިތުރަށް ހާމަކުރި އެވެ.

"އިންޑިއާނާ ޖޯންސް ހެރިސަންގެ އިތުރުން މެޑްސް މިކެލްސަން، ތޯމަސް ކްރެޝްމަން، ބޮއިޑް ހޯލްބްރޫކް އަދި އެންޓޯނިއޯ ބެންޑޭރާސް ފަދަ ތަރިން ހިމެނެ އެވެ. މި ފިލްމް ސިނަމާތަކަށް ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.