ފިނިޕޭޖް

ސްޕައިޑަމޭންއާ ގުޅުންހުރި ފިލްމެއް އަންނަނީ

"މެޑަމް ވެބް" ގެ ޕޯސްޓަރެއް
0%
0%
0%

ކާމިޔާބު މާވެލް ސުޕަހީރޯ ކަމުގައިވާ "ސްޕައިޑަމޭން"ގެ ސްޕިން-އޮފް "މެޑަމް ވެބް" ނެރެނީ އެވެ.

އެސް ޖޭ ކްލާކްސަން ޑައިރެކްޓް ކުރި މި ފިލްމުގެ ޓީޒާ ވަނީ މިދިޔަ ހަފްތާގައި ނެރެފަ އެވެ.

މި ފިލްމުގެ ޕްލޮޓަށް ބަލާއިރު ކެސާންޑްރާ "ކެސީ" ވެބް އަކީ ނިއު ޔޯކްގެ މޭންހެޓަންގައި ދިރިއުޅޭ ޕެރަމެޑިކް އެކެވެ.

އޭނާއަށް ޒާތަކަށް މުސްތަގްބަލް ފެނެ އެވެ. ކެސީއަށް ޖެހެނީ ސްޕައިޑާއާ ގުޅުންހުރި ވަރުގަދަ މުސްތަގްބަލެއް އޮތް ތިން އަންހެނުން ހީރޯސްއާ ގުޅުން ބަދަހިކޮށް އޭނާގެ މާޒީއާ ކުރިމަތިލައި، ނުރައްކާތެރި މިހާރެއް ކަޑައްތުކޮށް ސަލާމަތުން ދިރިހުމަށެވެ.

މި ފިލްމުގެ ޓްރޭލާ ބަލާލުމުން ހީވަނީ މޮޅު އެކްޝަން ސިކުއެންސްތަކާއި ސްޕެޝަލް އިފެކްޓްސް ފެންނާނެހެންނެވެ.

"މެޑަމް ވެބް" ގެ ސީންއެއް

ކާސްޓަށް ބަލާއިރު، ކެސީގެ ރޯލް އަދާކުރީ ޑަކޯޓާ ޖޯންސަންއެވެ. އަދި ސިޑްނީ ސްވީނީ، ސެލެސްޓް އޯ'ކޯނަ އާއި އިސަބެއްލާ މާސެޑް އަދާކުރީ ސްޕައިޑާ އާ ގުޅުން ހުރި ތިން ހީރޯޒްގެ ރޯލެވެ. އެމާ ރޮބަޓްސް އާއި އެޑަމް ސްކޮޓް އަދާކުރަނީ ސްޕައިޑަމޭން ޕީޓާ ޕާކާގެ މަންމަ މޭރީ އަދި ބޮޑު ބޭބެ ބެން ޕާކާގެ ރޯލެވެ. މީގެ އިތުރުން ތާހަރް ރަހީމް، ޒޯސިއާ މަމެޓް އަދި މައިކް އެޕްސް ވެސް މި ފިލްމްގައި ހިމެނެއެވެ.

"ސްޕައިޑަމޭން" ފްރެންޗައިޒްގެ ފިލްމްތަކަކީ ސޮނީ އަދި މާވެލްއަށް ބޮޑެތި ފައިދާ ހޯދައިދީފައިވާ ފިލްމްތަކެވެ.

"މެޑަމް ވެބް" ރިލީޒްކުރަން ހަމަޖެހިފައިވަނީ ފެބްރުވަރީ 16، 2024 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910