ގައުމީ ދުވަސް

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބާއްވަން ނިންމައިފި

Sep 15, 2022
1
ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރު. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު އުތީމުގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައި
0%
0%
0%

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބާއްވާ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއުވާން ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި އަދި ގައުމީ އިނާމު ދިނުމުގެ ޖަލްސާ މާލޭގައި ބާއްވަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ގައުމީ ދުވަހުގެ ޖަލްސާ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ގައުމީ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ ކުރިއަށް އޮތް އޮކްޓޫބަރު 20 ގައި މާލޭގައި ބާއްވާ ހާއްސަ ޖަލްސާގަ އެވެ.

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމަށެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އަބަދުވެސް އުތީމުގައި ފާހަގަކުރެ އެވެ. އެހެންނަމަވެސް ގައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާ މިފަހުން އުތީމުގައި ބާއްވަފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910