ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް އުތީމަށް ވަޑައިގެންފި

Sep 26, 2022
ރައީސް ސޯލިހް މިއަދު އުތީމަށް ވަޑައިގަތުމުން އެރަށު ކައުންސިލްގެ ރައީސް އާއި ހޯމް މިނިސްޓަރު މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހއ. އުތީމަށް ވަޑައިގެންފި އެވެ.

އުތީމަކީ ރައީސް ސޯލިހް މިއަދު ތިލަދުންމުއްޗަށް ފެއްޓެވި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ހަތަރު ރަށުގެ ތެރެއިން ތިންވަނަ ރަށެވެ.

އުތީމުގެ ކުރިން ރައީސް ވަޑައިގެންނެވީ ހދ. ނައިވައިދޫއާއި ހދ. ފިނޭ އަށެވެ.

އުތީމަށް މިއަދު ހަވީރު ރައީސް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ރައީސް އަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ސްކޫލު ކުދިން ވަނީ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ނެށުމުގެ އައިޓަމެއް ހުށަހަޅައިދީފަ އެވެ.

ރައީސް އުތީމަށް ކުރައްވާ ދަތުރުފުޅުގައި އެރަށު ރައްޔިތުންގެ ފަރާތުން ދެއްވާ ޖާފަތެއްގައި މިރޭ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެއިތުރުން މާދަމާ ފާހަގަކުރާ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ސަރުކާރުން ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެ އެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން މިއަދު އުތީމަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ކިޔަނީ -- ފޮޓޯ: ރައީސް އޮފީސް

އުތީމަށްފަހު ރައީސްގެ މިދަތުރުފުޅުގައި ފަހު ރަށެއްގެ ގޮތުގައި ވަޑައިގަންނަވާނީ ހއ. ދިއްދޫ އަށެވެ. އެންމެ އުތުރުގެ ތިން އަތޮޅުގައި ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް އިފްތިތާހުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ދިއްދޫއަށް ކުރައްވާ ދަތުރުފުޅުގަ އެވެ. އަދި އާރްޓީއެލް ފެރީއެއްގައި އެމަނިކުފާނު ދަތުރުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެ އެވެ.

ރައީސް ސޯލިހް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910