އިންޓަނެޓް މޫވީ ޑޭޓާ ބޭސް (އައިއެމްޑީބީ) އިން ބުނާ ގޮތުގައި ތިރީގައި އެވަނީ މާޑާ މިސްޓްރީސްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކެވެ. މީގެކުރީގެ ބައެއް ކިޔުންތެރިންނަށް ވާނީ ގެނެސްދީފަ އެވެ.
އޯލްޑް ބޯއީ
ޕާކް ޗަން ވުކް ޑައިރެކްޓްކޮށްފައިވާ "އޯލްޑް ބޯއީ" އަކީ 2003 ގައި ނިކުތް ކޮރިއަން ފިލްމެކެވެ. މި ފިލްމަކީ ނޭގި ކުރެވޭ ކަމަކުން ބަދަލުހިފުމުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމްގައި ހިމެނެނީ ޗޮއި މިން ސިކް، ޔޫ ޖި ޓޭ ފަދަ އެކްޓަރުންނެވެ.
އަންބިލީވަބަލް
2019 ގައި ނިކުތް "އަންބިލީވަބަލް" އަކީ ޓޯނީ ކޮލެޓް، ކެއިޓްލީން ޑެވަ އަދި ބްލޭކް އެލިސް ފަދަ ތަރިން ކުޅެފައިވާ މިނީ ސީރީޒެކެވެ.
މި ސީރީޒްގައި އެއް ލީޑް ކެރެކްރެޓަރަށް މީހަކު ހަމަލާދީ، އޭނާގެ އިތްފަތްތެރިކަން ނަގާލަ އެވެ. އޭނާ މިކަން ރިޕޯޓްކުރުމުން އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. މި ސީރިޒްގައި ދައްކާނީ މި ސީރިއަލް ރޭޕިސްޓްގެ ކޭސް އެހެން ޕޮލިސް ސްޓޭޝަނަކުން ތަހުގީގުކުރަން ފަށާ، އޭގެ ކުރިއެރުމެވެ.
ޝަޓާ އައިލެންޑް
"ޝަޓާ އައިލެންޑް" އަކީ ލިއޮނާޑޯ ޑިކެޕްރިއޯ، އެމިލީ މޯޓިމާ، މާކް ރަފަލޯ އާއި ބެން ކިންގްސްލީ ފަދަ ތަރިން އުޅޭ ފިލްމެކެވެ. 2010 ގައި ނިކުތް މި ފިލްމްގެ މައިގަނޑު ކަމަކީ ޝަޓާ އައިލެންޑްގެ ސައިކިއޭޓްރިކް ފެސިލިޓީއެއްގައި ޕޭޝަންޓެއް ގެއްލިގެން ތަހުގީގުކުރަންދާ ޕޮލިހުންގެ ތެރެއިން އެކަކަށް ދިމާވާ ކަންތައްތަކެވެ.
ގޯން ގާލް
"ގޯން ގާލް" އަކީ އާދަޔާ ހިލާފު ފިލްމެވެ. ބެން އެފްލެކް، ރޮޒަމަންޑް ޕައިކް އަދި ނީލް ޕެޓްރިކް ހެރިސް ހިމެނޭ މި ފިލްމުގައި ދެމަފިރިއެއްގެ ހަޔާތް ދައްކަ އެވެ. މި ފިލްމުގައި ދައްކުވައިދޭނީ ފިރިމީހާ ބޭވަފާތެރިވެ، ވަރިވާން އެދުމުން އަނބިމީހާ ކުރާ ކަންތައްތަކެވެ.
ޕްރިޒަނާސް
"ޕްރިޒަނާސް" ގައި ހިއު ޖެކްމަން، ޖޭކް ޖިލިންހޯލް، ވަޔޯލާ ޑޭވިސް، މަރާޔާ ބެއްލޯ، ޓެރެންސް ހަވާޑް މަސައްކަތް ކުރެ އެވެ. 2013 ގައި ނިކުތް މި ފިލްމްގައި ދައްކުވައިދޭނީ ދެ ކުދިން ކިޑްނެޕް ކުރުމުން، ދެން ދިމާވެދާނެ ކަންތަންތަކެވެ.
މެމޮރީޒް އޮފް މާޑާ
2003 ގައި ނިކުތް ކޮރިއަން ސީރީޒްގައި ދައްކުވައިދެނީ އަންހެނަކުގެ އިތްފަތްތެރިކަން ނަގާލާ، އޭނާގެ މަރާލާފައި އޮއްވަ އެވެ. ދެން ދައްކުވައިދޭނީ ތަހުގީގުކުރާ ތަނެވެ.
މޭންހަންޓް
"މޭން ހަންޓް" ފިލްމުގައި ސޭމް ވޯތިންޓަން، ލިން ކޮލިންސް އަދި ޕޯލް ބެތަނީ ފަދަ ތަރިން ހިމެނެވެ. 2017 ގައި ނިކުތް މި ފިލްމަކީ އުނާބޮމްބޯ ހޯދުމަށް އެފްބީއައި އިން ކުރި މައްސައްކަތަށް ބިނާކޮށްފައިވާ ހިޔާލީ ވާޝަނެކެވެ.