ފިނިޕޭޖް

ބްލޭކް ލައިވްލީއަށް ހަތަރުވަނަ ދަރިއަކު ލިބެނީ

"ގޮސިޕް ގާލް" އިން މަޝްހޫރުވި ބްލޭކް ލައިވްލީ އާއި ފިރިމީހާ ރަޔާން ރެނޯލްޑްސްއަށް ހަތަރުވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް ބްލޭކް ބުނެފި އެވެ.

ބްލޭކް މާބަނޑުކަން ހާމަކޮށްފައި މިވަނީ 10 ވަނަ ފޯބްސް ޕަވަ ވިމެންސް ސަމިޓް ހަފްލާގައި ފޮޓޯތަކަށް ހުއްޓުނުއިރު އޭނާގެ ބޮޑުވަމުން އަންނަ ބަނޑު ފާހަގަވުމުންނެވެ.

މި ދެމަފިރިންގެ ތިން އަންހެން ކުދިން ހުރެ އެވެ. އެއީ ޖޭމްސް ރެނޯލްޑްސް 7، ބެޓީ ރެނޯލްޑްސް 5، އަދި އިނެޒް ރެނޯލްޑްސް 2 އެވެ.

ބްލޭކް ވަނީ އޭނާ ތިންވަނަ ފަހަރަށް ބަލިވެއިންއިރު އެކަން ރަޔާން ރެނޯލްޑްސްގެ "ޑިޓެކްޓިވް ޕިކަޗޫ" ގެ ޕްރީމިއާގައި އިއުލާންކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ރަޔާން އެކްޓުކުރުމުން ބްރޭކެއް ނަގާފައިވާ ސަބަބުތަކުން އެންމެ މުހިއްމު ސަބަބަކީ އޭނާ ކުދިންނާއެކު ވަގުތު ހޭދަކުރުން ކަމުގައި ބުނެފައިވެ އެވެ. ރަޔާން ވަނީ "ޑެޑްޕޫލް"، "ބްލޭޑް ޓްރިނިޓީ"، "ފްރީގާއީ" ފަދަ ފިލްމުތައް ކުޅެފަ އެވެ.

"އޭޖް އޮފް އެޑަލިން" ފަދަ ފިލްމް ކުޅެފައިވާ ބްލޭކް ލައިވްލީ، ރަޔާންއާ ލޯބީގެ ގޮތުން ގުޅުނީ 2010 ގައި "ގްރީން ލެންޓާން" ކުޅެން އުޅުނު އިރު އެވެ. މި ދެ ތަރިން ކައިވެނިކޮށްފައިވަނީ 2012 ގައެވެ.